ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮތި ކޮތަޅު ބޭނުންކުރުމުން ހަދިޔާ ދޭ ކެމްޕޭނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮތި ކޮތަޅު ބޭނުންކުރާ މީހުންނަށް ހަދިޔާ ދޭ ކެމްޕޭނެއް އެސްޓީއޯ އާއި ދިރާގުން ފަށައިފި އެވެ.

“ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް” ގެ ނަމުގައި މިއަދު ފެށި ކެމްޕޭންގެ މަގުސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށްޓަކައި ބާޒާރުކުރުމަށް ފޮތިކޮތަޅު ބޭނުންކުރުން އާދަކުރުވުމެވެ.

މިއީ މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކު ހިންގާ ކެމްޕޭނެކެވެ.

މި ކެމްޕޭނުގައ އެސްޓީއޯގެ އިތުރުން ދިރާގު ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

“ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް” ފެށުމާ ގުޅިގެން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ފޮތި ކޮތަޅުތަކުގައި އެންއެފްސީ ޗިޕެއް ހަރުކޮށްފައިވެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެ އެވެ. އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެންދާނީ ރިވާޑްސް ނުވަތަ ހަދިޔާއަށެވެ. ހަދިޔާއަކަށް ލިބޭނީ ދިރާގު ޑާޓާ، އަދި އެސްޓީއޯއިން 100-500ރ. އާ ދެމެދުގެ ފައިސާގެ ތަކެއްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: