ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮކަމެއް ކުރަނީނަމަ މީސްތަކުގެ ބަހަށް ނުބެލުމަށް އިމްރާން ގޮވާލައިފި

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސަންގުޓީވީގެ ކަވަރޭޖެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮކަމެއް ކުރަނީނަމަ މީސްތަކުންގެ ބަހަށް ނުބަލައި ކުރުމަށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ގޮވާލައިފިއެެވެ.

ސަރުކާރުގެ ތެރެއަށް އެހެން ޕާޓީތަކުގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އެމްޑީޕީ ދެ ފެކްޝަނަށް ވެފައިވާ މި ދަނޑިވަޅުގައި އިމްރާނަކީ ވެސް ފާޑުކިއުންތައް އަމާޒުވާ އެއް ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ވައުދުތައް ނުފުއްދޭކަމަށާއި، ވެރިކަމަށް އައި ސަބަބުތަކުގައި ނުހިފޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ސަރުކާރާއި ގުޅުން ހުރި އެހެން ފަރާތްތަކުން ދަނީ ރައްދު ދެމުންނެވެ.

ނަފްރަތު އުފެއްދުމާއު، ނުރުހުން އަދި ފާޑުކިއުންތަކާއި ގުޅުވައި އިމްރާން ވާހަކަ ދެއްކެވީ މި ސަބަބަށްކަމަށް ބެލެވެ އެވެ.

މިއަދު ޓްވީޓެއް ކުރައްވައި އިމްރާން ވިދާޅުވީ އާއްމުންގެ ނަފުރަތާއި ނުރުހުންވުމާއި ފާޑު ކިޔުން އަމާޒުވާ ކޮންމެ ކަމަކީ ބާތިލް ނުވަތަ ގޯސްކަމެއް ނޫންކަމުގައެވެ.

އިތުރަށް އިމްރާންގެ ޓްވީޓުގައި ފާހަގަކޮށްފައި ވަނީ ހަމަ މިފަދައިން މީސްތަކުންގެ ރުހުމާއި ހެޔޮ ބަސްތަކުގެ އިތުރުން ސަނާ ކިޔުން ލިބޭ ކޮންމެ ކަމަކީ ހައްގު ނުވަތަ ހެޔޮކަމެއްވެސް ނޫންކަމުގައެވެ. އަދި އިލްތިމާޒް ކުރައްވާފައިވަނީ ހެޔޮކަމެއް ކުރާނަމަ މީސްތަކުގެ ބަހަށް ނުބެލުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: