ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހު ދިހައެއްގައި ލިބޭނެކަމަށް ބުނި ކަދުރު އަދިވެސް ނުލިބޭ!

ސައުދީން މިދިޔަ އަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރަބިއްޔާއިން ދިވެހި ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މި ރޯދަ މަހު ފަހު ދިހައެއްގައި ލިބޭނަކަމަށް ކުރިން ބުނެވިފައިވީ ނަމަވެސް އަދި ލިބިފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢީލް އަފްރާހު ވިދާޅުވީ ކަދުރު ލިބުމުގައި ދަތިތަކެއް ދިވާފެއިވާކަމަށާއި، އޭގެ ސީދާ ސަބަބު ނޭނގޭ ކަމަށެވެ. އަދި ފަހު ދިހައެއްގައި ކަދުރު ލިބޭނެކަމަށް މީޑިއާތަކާއި ހިއްސާ ކުރި ނަމަވެސް މިވަގުތު އަނެއްކާވެސް ތާރީހެއް ބުނަން ނޭނގޭކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ރާއްޖެ ގެންނަ ކަދުރު ޝިޕް ކުރިކަމަށް ސައުދީގެ އެމްބަސީން މައުލޫމާތު ދިން ކަމަށެވެ. ސައުދީން ރާއްޖެއަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް މިދިޔަ އަހަރު ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ. ރާއްޖެއަށް މި އަހަރު ގެންނަނީ ކިހާ އަދަދެއްގެ ކަދުރުކަން މިނިސްޓްރީން ހާމަ ނުކުރެ އެވެ. އަދި މި އަހަރަށް ކަދުރު ބަހާނެ އުސޫލެއް އަދި އާންމެއް ނުކުރެ އެވެ.

ކަދުރުތައް ރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވޭ ތާރީހަކަށް ސުވާލު ކުރުމުން އަފްރާހު ވިދާޅުވީ އެކަމަށް ސައުދީ އެމްބަސީއާއި ވާހަކަ ދައްކަމުންދާކަމަށާއި ހަބަރު ލިބިފައިވާ ގޮތުގައި މިވަގުތު އެ ޝިޕްމެންޓް ވަނީ ރާއްޖެ އައުމުގެ މަގުމަތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: