ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިޖޫރީ އަރިއަޅާލާ ވަރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ބަހައިގެން ޕާޓީގެ އިތުބާރެއް ނުލިބޭނެ: އިންތި

ޗެއާޕާސަންކަމުގެ އިންތިހާބަށް ތާއީދު ހޯދުމަށް އިންތިގެ ޓީމުން ކުރިި ކެމްޕެއިނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އައިސް ކުރިކަމަކީ ދައުލަތުގެ ތިޖޫރީ އަރި އަޅާލައި ވަރަށް ގެއްލުމުގެ ބަދަލުގެ ނަމުގައި ފައިސާ އެއް ބަޔަކަށް ދިނުންކަމަށާއި ނަމަވެސް މިކަމުން ޕާޓީގެ އިތުބާރު ނުލިބޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދި އެއް ބަޔަކު އެނެއް ބަޔަކަށް ބޮޑެތި ތުހުމަތުތައް ކުރުމުގެ އިތުރުން ފާޑުކިޔުން އާންމުވެފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރަައްވާ މެންބަރުންނާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތާއީދު ކުރައްވާ ފަރާތްތަށް ހިމެނެއެވެ. އެއް ބަޔަކު ސަރުކާރަށް ފާޑު ކިޔަމުން އަންނައިރު އެނެއް ބަޔަކު އަންނަނީ ސަރުކާރު ދިފާއުކޮށް ވޗާހަކަ ދައްކަވަމުންނެވެ. އަދި ރައީސް ނަޝީދު ޕާޓީން ބޭރު ކުރަން އުޅޭކަމުގެ ތުހުމަތުތަށްވެސް ދަނީ ކުރެވެމުންނެވެ. ސަރުކާރުގަިއ އޮތީ އެމްޑީޕީ ނަމަވެސް ޕަޓީ އާއި ސަރުކާރު ވަނީ ވަކިވެފައެވެ.

މި އިންތިހާބުގައި ދެން ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް ސާލިހުގެ ތާއީދާއިއެކުގައިކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، އިންތި ވާދަ ކުރައްވަނީ ރައީސް ނަޝީދުގެ ކެޑިޑޭޓެއްގެ ގޮތުގައިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެ ބޭފުޅުންގެ ވާހަކަަތަކުންވެސް މިކަންތައް އަންނަނީ މިގޮތަށް ދޭހަވަމުންނެވެ.

މިގޮތުން ކެމްޕެއިން ޖަލްސާއެއްގައި އިންތި ވަނީ ސަރުކާރުން ކޮރަޕްޝަން ހިންގާކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރަށް އައުމަށްފަހު ކުރެއްވި ފުރަތަމަ ކަމަކީ ދައުލަތުގެ ތިޖޫރީ އަރިއަޅާލާ ވަރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނެގުންކަމަށާއި މިފަދަ ކަންތައްތަކުގެ ސަބަބުން ޕާޓީއަށް ރައްޔިތުންގެ އިތުބާރު ނުލިބޭނެކަމަށެވެ. އަދި އާއިލާއާއި ގުޅިފައިވާ ފަރާތްތަކަށް މިލިއަނުން ފައިސާ ހަރަދުކުރުމަކީ 2023 ގެ ރިޔާސީ އިންތިހާބަށް ބޮޑު ހުރަހަކަން ވެގެންދާނެކަމަށް އިންތި ވިދާޅުވިއެވެ.

އޭނާ ނިސްބަތްވާ ވުޒާރާއްގައި ވުޒާރާގެ ހަތަރު ފާރުގެ ތެރޭގައި ބޮޑު ކޮރަޕްޝަނެއް ހިންގިކަމުގައި ފާހަގަކޮށް އިންތި ވިދަޅުވީ 1000 ވަގު ކޯޓާ އެދި ހުށައެޅިކަމަށެވެ. އަދި މީގެ ތެރެއިން 900 ކޯޓާ އެޕްރޫވް ކޮށް، 200 އެތައް މީހުންނެއް ވަގަށް އެތެރެކުރިމަށްވެސް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި މިކަމަށް ތިން އަހަރުވެގެން ދިޔައިރުވެސް މައްސަލަ އޮތީ ފުލުސް އޮފީހުގައި ނުބެލިކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިންތި ވިދާޅުވީ އެބޭފުޅުން މިގޮތް ބަލައި ނުގަންނާނަށް ކަމަށާއި މި ހުރަސްތައް ނައްތާލުމަށްފަހު ދެ އޮތް އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ އަސާސްތަކާއި އުސޫލްތަކުގައި ހިފަހައްޓާނަންކަމަށެވެ. އަދި މިފަދައިން ގޮސް ރައްޔިތުންގެ އިތުބާރު ގެއްލުމުން ދެން 2023 ކާމިޔާބު ނުކުރެވޭނެކަމަށް އިންތި ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައެވެ. އެހެންކަމުން އެބޭފުޅުން އެ އަންނަނީ މި އިތުބާރު އަލުން އަބުރާ ހޯދުމަށްކަމަށާއި ތިލަފަތުގެ ރަމްޒާއި ތިލަފަތުގެ ހަމަތަށް ނެގެހެއްޓުމަށްކަމުގައި އޭނާ ވިދާޅުވިއެވެ.

އިންތި ވިދާޅުވަމުން ގެންދިޔައީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހަބު ކާމިޔާބު ކުރެވޭނީ މަނީ ލޯންޑްރީންގެ މައްސަލަތައްފަދަ ބޮޑެތި ހިޔާނާތްތަށް ބަލައިގެންކަމުގައެވެ. މީގެ ކުރީގައި އިންތި ވަނީ ވެންޓިލޭޓަރުގެ ހިޔާނާތްވެސް ހިންގީ ރައީސް ސާލިހުގެ ސަރުކާރުގައިކަމަށް ބުނެ ތުހުމަތުބ ކުރައްވާފއެވެ. މެއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބު މުހިންމުވަނީ އެބޭފުޅުންކީ މިކަންތައްތައް އިސްލާހުކުރުމަށް އަންނަ ބަޔަކުކަމުގައި ވާތީކަމަށް އިންތި ވިދާޅުވިއެވެ.

ޕާޓީގެ އިތުބާރު ގެއްލޭފަދަ އެތަކެއް ބައިވަރު ކަންތައްތައް ބައެއް ފަރާތްތަކުން ކުރަންވަމުން ގެންދާކަމުގައި އިންތި ފާހަގަކުރެއްވިއެވެ. އަދި މިކަންތައްތަކުގެ ސަބަބުން ޕާޓީއަށް އޮތް އިތުބާރު “ހެސްކިޔާފަ” ގެއްލެމުންދާކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ގަސްތުގައި ޕާޓި ހަލާކު ކުރަމުންދާތައް ފެންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު އޮތް ޕާޓިއަކީ އެމްޑީޕީކަމުގައި ފާހަގަކުރައްވާ އިންތި ވިދާޅުވީމި ކަންތައްތަކުގެ ސަބަބުން މި އުއްމީދު ގެއްލި ދިޔައީމާ މިއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމުގައެވެ.

އެމްޑީޕީ ސަރުކާރުގައި ނެތްކަމުގައި ވީނަމަވެސް އެމްޑީޕީއަކީ ރައްޔިތުންގެ އިތުބާރު އޮންނަ ޕާޓިއެއްކަމުގައި އިންތި ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން ވަނީ ސިޔާސީ ޕާޓީއަކުން ކޮށްދެވޭނެ ހުރިހާ ކަންތައްތަކެއް ރައްޔިތުންނަ ކޮށްދީފައިކަމުގައި ވިދާޅުވިއެވެ. އިންތި ވިދާޅުވީ އޭނާ ޗެއާޕާސަންކަމުގެ މަގާމަށް ހޮވިއްޖެނަމަ ވައްކަމާއި ހިނާތާއި ބާތިލް ގޮތްތަކުގެ އިތުރުން ބިރު ދެއްކުން ފަދަ ކަންތައްތަކަކީ އެބޭފުޅުން ބަލައި ނުގަންނާނެ ކަންތަކުގެ ގޮތުގައި ސިއްކަ ޖަހާނަންކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: