ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އަކީ އެތައް ފަހަރަކު ފެއިލްވެފައިވާ މީހެއް: ޝީޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީގު ރައީސް މުހައްމަދު ނަޝީދު އަކީ އެތައް ފަހަރެއްގެ މަތިން ފެއިލްވެފައިވާ ބޭފުޅެއް ކަމަށް ޕީޕީެއްމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމްދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނަޝީދު އިންޑެ ނޫސް ޗެނަލް އަކަށް ދެއްވި އިންޓަރވިިއުއަކާއި މެދު ޓްވިޓާރގައި ވާހަކަ ދައްކަވަމުން ޝީޔާމް ވިދާޅުވެފައިވަނީީ، ނަޝީދުއަށް އެތައް ފުރުސަތެއް ލިބުން ކަމަށާއި އެ ފުރުސަތުތަކުގައި އެބޭފުޅާ ފެއިލް ވެފައިވާކަން ހުދު އިންޑިއާއަށްވެސް އިންގޭނެކަމަށެވެ. އަދި ނަޝީދު މިވަގުތު އިންޑިއާގައި ހުރެގެން ކުރަށްވަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ޝިޔާމު ވިދާޅުވީ އެކަންކަމުގެ އަސްލު މަގުސަދަކީ އެބޭފުޅާގެ އަމިއްލަފުޅު ސިޔާސީ އެޖެންޑާއެއްގެ ބޭނުމުގައި އިންޑިއާގެ ހިތްރުއްސުން ކަމަށެވެ.

މީގެ އިތުރުން ނަޝީދު މި އިންޓަރވިއުގައި ރާއްޖެއިން އަބަދުވެސް ހިފަހައްޓާނެކަމަށް ވިދާޅުވެފައިވާ “އިންޑިއާ ފަރސްޓް” ސިޔާސަތު ފާހަގަ ކުރަށްވާ ޝިޔާމް ވިދާޅުވީ އެ ސިޔާސަތަކީ ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފެއްޓެވި ސިޔާސަތެއް ކަމަށާއި ނަމަވެސް ރައިސް ޔާމިން މިހާރު ހުންނެވީ ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ގެ ނުފޫޒު ގަދަވެ ދިއުމާއި އެ ގައުމުގެ ސިފައިން ތިބުމާއި ދެކޮޅަށް ކަމަށެވެ.

އިންޑިއާގައި ހުންނަވާ އެގައުމުގެ ނޫހަކަށް ރައީސް ނަޝީދު ދެއްވި އިންޓަރވިއުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް އިންޑިއާ ބޭރުކުރުމަށް ހިންގާ މިފަދަ ކެމްޕެއިންއަކަށް ތާއީދު ނުކުރަށްވާނެ ކަމަށެވެ. އަދި ރާއްޖޭގައި އެކި ޒާތުގެ މަސައްކަތްތަކުގައި އިންޑިއާގެ ރައްޔިތުން ޝާމިލުވާކަމަށާއި މިފަދައިން ކަންކަން ހުރި އިރު ހަމަ ޖެހޭ ދިވެހި ރައްޔިތަކު އިންޑިއާ މީހުނެ ރާއްޖެއިން ފޭބުމަށް ގޮވާލާނީ ކީއްވެ ތޯވެސް ނަޝީދު ވަނީ ސުވާލުކުރަށްވާ ފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: