ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތައް މިއަދު ވަނީ އާއްމުކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓޯއޯގެ ޖުމްލަ އާމްދަނީ 4 ބިލިއަން ރުފިޔާއަށް އެރިއިރު، މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 23 އިންސަައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއެކު އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 14 ޕަސަންޓް އިތުރުވެފައިވުން ކަމަށެވެ.

އަދި އެ ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، އެ ވިޔަފާރިތަކުން ލިބުނު އާމްދަނީތައް ވެސް އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހާ އަޅާކިޔާނަމަވެސް ވެސް ރެކޯޑެކެވެ. އަދި މިއީ މި ފަހުން އަހަރެއްގެ ކުރީކޮޅު މިވަރުގެ ބޮޑު ފައިދާއެއް ނެރުނު ފުރަތަމަ ފަހަރެވެ.

އެ ކުންފުންޏަށް އެންމެ ފަހުން މި އަދަދާ ގާތް ކުރާ ވަރުގެ ސާފު ފައިދާއެއް ނެރެވިފައިވަނީ 2015 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު އެވެ. އެ ފަހަރު ފައިދާގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މާލީ ރިޕޯޓް ދައްކާ ނިމިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއަކީ މިއީ މިދިޔަ އަހަރާއެކު ވޭތުވެދިޔަ ފަސް ކުއާޓަރަށް ބެލިނަމަވެސް މިހާތަނަށް ހޯދި އެންމެ ބޮޑު ކުރިއެރުމެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: