ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސީޕީ ނަވާޒް އާއި ދިމާކުރުމުން ގާސިމް ކޯފާވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޕެރިސް ނިހާދު، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާއި ދިމާކުރުމުގެ ސަބަބުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯފާ އިސްކުރަށްވައިފިއެވެ.

ޖުމުހޫރީ ޕާޓީ( ޖޭޕީ) ގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕުގައި ސީޕީ ނަވާޒްއާއި ދިމާކޮށް ނިހާދު ވިދާޅުވެފައިވަނީ، ސިޔާދް ގާސިމް ދޫނިދޫ ކުޑަގޮޅީގައި އޮންނެވި އިރު ފެން ފޮދަކަށް އެދުމުން އެ ނުދިން ސީޕީއެއް ޖޭޕީގެ ކައުންސިލުގައި އިންނެވުން ހިތާމަވެރި ނަމަވެސް ފެށުނީއްސުރެ އެ ޕާޓީގައި ތިބި މެމްބަރުން ހައްގު ބަސް ބުނާނެ ކަމަށާއި މޫސާ އަންވަރު، ޖާބިރު އަދި އަލްހާން ފަދަ ބޭފުޅުން އެޕާޓީއިން ބޭރުވެ ވަޑައިގެންނެވި ނަމަވެސް ހުރިހާ ދައުރަކު ކައުންސިލުގައި ހުރި މީހަކު އެ ޕާޓީގެ މެމްބަރުންގެ ދިފާއުގައި ހުންނަވާނެ ކަމަށެވެ.

ނިހާދުގެ ވާހަކަފުޅުތަކަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ރައްދު ދެއްވާފައިއެވެ. އެހެންކަމުން ގާސިމް ވިދާޅުވީ ނިހާދު ހުންނެވީ ކޮންމެވެސް ފަރާތަކުން އުޖޫރައެއް ލިބި އެމީހުންގެ އިރުޝާދުގެ ދަށުން އެ ޕާޓީ ހަލާކުކޮށްލައި އަގުވައްޓާލަން ނުކުމެ ކަމަށެވެ. އަދި މިހާރު ގަބޫލުފުޅު ކުރެވޭގޮތުން ނިހާދުއަކީ ގާސިމް، ވިލާ އަދި އެނާގެ އާއިލާއާއިވެސް ޖައްސާލުމަށް ކަންޑައެޅިފައިވާ މީހެއް ކަމަށެވެ.

ގާސިމްގެ އިތުރުން ނަވާޒްވެސް ވަނީ ނިހާދުގެ ވާހަކަތަކަށް ރައްދު ދެއްވާފައިއެވެ. އެހެންކަމުން އެނާ ވިދާޅުވީ ޖޭޕީ އުފެދުނީއްސުރެ އެޕާޓީގައި ނިހާދު ހުރުމަކީ މީހެއްގެ “އަބުރު ކަތިލުމަށް” ލިބޭ ސެޓްފިކެޓްއެއް ނޫން ކަމަށާއި މިވަގުތު އެނާއަށް އުޅެވެމުން އެ ދަނީ “އިސްކޮޅަށް ވުރެން މަތީގައި” ކަމަށެވެ. އަދި ނިހާދު އަމިއްލައަށް ހަމަ ބިމަށް ފައިބަންވީ ކަމަށާއި ނުވަތަ ހަމަބިމަށް ފައިބަންދެން ނަވާޒު އެނާއާއި “ރަސްމީކޮށް އަވަލީ” ކަމަށެވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: