ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިޜާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދަނީ ދިރާސާ ކުރަމުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގައުމާއި މުހާތަބް ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިޜާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަންނަނީ ދިރާސާކުރަމުންކަމުގައި ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން ރައީށް ވަނީ މިއަދު ގައުމާއި މުހާތަބު ކުރައްވާފައެވެ. ޥާހަކައިގައި އެމަނިކުފާނު ވިދފާޅުވީ މީގެ ކުރީގައި ޓީޗަރުން ތިއްބެވީ އެބޭފުޅުން ކުރައްވާ މުސާރައާއި ނުބައްދަލު އުޖޫރައެއްގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ ވައުދާއި އެއްގޮތަށް ޓީޗަރުންގެ މުސާރައަށް އައި ހެޔޮ މި ބަދަލަކީ ގައުމުގެ ތަރައްގީގައި ހިއްސާވާ ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެކުރައްވާ މަސައްކަތާ އެކަށޭނެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއްކަމުގައެވެ. މި މުހިންމު ފެށުން ތައުލީމީ ދާއިރާއިން ފެށުމަށް އެމަނިކުފާނު ނިންމެވި ސަބަމަކީވެސް މިއީކަމުގައި ވިދާޅުވިއެވެ. އަދި މިއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދުގައި ވަނީ ޓީޗަރުންގެ އިތުރން ނަރުހުންގެ މުސާރަ ބޮޑު ކުރައްވާނެކަމުގެ ވާހަކައެވެ.

ގައުމު ބިނާކުރުމާއި ގައުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަށް ފޯރު ކޮށްދިނުމުގައި ސިއްހީ ދާއިރާ އާއި އަދި އެނޫން ދާއިރާތަކުންވެސް ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެޔާ ދުވާލު އވަަދި ނެތި އުޅުއްވާ ހިދުމަތްތެރިން ވަރާސް ގިނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތު ސިއްހީ ދާއިރާގެ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނު ހަދާން ނައްތައި ނުލައްވަންކަމުގައި ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ފަށައިފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިޜާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އެބޭފުޅުން އެއަންނަނީ ދިރާސާކުރަމުންކަމުގައި ރައީސް ވިދާޅުވިއެވެ.

މުވައްޒަފުން ކުރާ މަސައްކަތާއި އެއްވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތަށް ނައްތާލަން ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައި ހުރިހާ ދާއިޜާއަކށް މި ބަދަލު ގެނައުމަކީ ކުރައްވާނެކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: