ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިސް ސޯލިހުއާއި ހިޔާލުތަފާތުވުން ހާއްސަ ގޮތަކަށް އޮތީ ހިޔާނާތުގެ މައްސަލަތަކުގައި: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ހިޔާލު ތަފާތުވުމެއް އޮތީ ހިޔާނާތުގެ މައްސަލަ ތަކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނާއި ދޭތެރޭ ޒާތީ މައްސަލަތަކެއް ނެތްކަމަށެވެ. ނަމަވެސް ދެ ބޭފުޅުންގެ ވިސްނުން ތަފާތު ކަމަށާއި ހާއްސަ ގޮތަކަށް ހިޔާނާތު މައްސަލަތަކުގެ ތަހުގީގު ކުރިޔަށްދާގޮތާއި މެދު ހިޔާލު ތަފާތުވުން ހުރިކަމަށެވެ.

ކުރިމަތިވެފައިވާ ހިޔާލުތަފާތުވުންތަކަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ގެނައުމަށްޓަކައި ރައްޔިތުންނަށް ވައުދުތަކެއް ވެފައިވާކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގަައި ހިނގައިދިޔަ ހިޔާނާތުގެ މައްސަލަތައް މިސަރުކާރުން ބަލާނެކަމަށް ވީ ވައުދު ފުއްދިފައިނުވާކަން ފާހަގަކޮށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުތައް ވެސް ރަނގަޅަށް ނުކުރެވޭ ކަމަށާއި އެހެން ކަމުން އެއްވެސް ފަރާތެއްގެ މައްޗަށް އެ ކަމާއި ގުޅިގެން ފިޔަވަޅު އެޅިފައިނުވާ ކަމަށެވެ. އަދި 2023 ގެ އިންތިހާބާއިމެދު ވިސްނުމުގެ ކުރިން މިފަދަ މުހިއްމު ވައުދުތައް ފުއްދަން ފެނިވަޑައިގަންނަ ކަމަށް ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަ ބަލަންޖެހޭ މިންވަރަށް އެ ސްޕީޑުގައި ބެލިފައިނުވުމަކީ އެންމެ ކަންބޮޑުވާ އެެއްކަން ގޮތުގައި ފާހަގަކުރަށްވާ އެނާ ވިދާޅުވީ މިކަމުގެ އިތުރުން ޕްރައިވެޓް ސެކްޓާރ އާރާސްތުކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަވަމުން ދިއުމާއިމެދު ވެސް ރައީސް ސޯލިހުއާއި ހިޔާލުތަފާތުވެލައްވާކަމަށާއި މިފަދަ ކަންކަމަކީ ރައީސް ސޯލިހުއާއި އެނާއާއި ދޭތެރޭ ހައްލުކުރަން ޖެހިވަޑައިގެންފާ ކަންކަން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނާއި ދޭތެރޭގައި ބޮޑު މައްސަލަތަކެއް ޖެހި ދޭތެރެ ދުރުވެފައި ނުވާކަމަށެވެ. އަދި ރައީސް ސޯލިހުވެސް ހުންނެވީ ދިވެހި ރާއްޖެއަށް މަންފާ އާއި ލާބަ ހޯއްދަަވައިދޭން ކަމާއިމެދު ޝައްކެއްވެސް ނެތްކަމަށާއި އެހެންކަމުން ވާހަކަދައްކައިގެން އެކުވެރިކަމާއި ސުލްހަވެރިކަމާއިއެކު ޖެހިފައިވާ ކުދި ކުދި މައްސަލަތައް ހައްލު ކުރެވޭނެކަމަށް ގަބޫލު ކުރަށްވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: