ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތްކުރާތީ ކަންބޮޑުވޭ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަކީ ނަފްރަތުގެ ރަމްޒަކަށް ހެދުމަށް މަސައްކަތް ކުރަމުން ދާތީ ކަންބޮޑުވާ ކަމަށް ޗެއަރޕާސަން ކެންޑިޑޭޓް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކެމްޕޭން ދަތުރެއްގައި ހދ ކުމުންދޫގައި ދެއްކެވި ވާހަކަފުޅުގައި ފައްޔާޒް ވިދާޅުވީ ކެމްޕޭން ކުރަންޖެހޭނީ ދެފަރާތުންވެސް ރީތިކޮށް ކަމަށާއި ނަފްރަތު އުފައްދައިގެން ނޫން ކަމުގައެވެ. ކޮންމެ ކެންޑިޑޭޓެއް ވެސް އެބޭފުޅެއްގެ ތަސައްވުުރު ގެނެސްދެއްވައިގެން ތާއީދު ހޯދުމަކީ ކެމްޕޭން ކުރުން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކޮންމެ އެތެރޭގެ އިންތިހާބެއްގައި ނަފްރަތު އުފެއްދުމުގެ ބަދަލުގައި ރަނގަޅު ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ރީތި ކެމްޕޭނެއްކޮށްގެން ރައްޔިތުން ރުހޭ މީހާ ހޮވުމަށް ރަައްޔިތުން ވޯޓް ލާނެ ކަމުގައެވެ. ފައްޔާޒް އިތުރަށް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވާދަވެރި ކެންޑިޑޭޓް ގޯސްކުރަން ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ޕާޓީ ހިންގާލަން ކަމަށާއި ހިންގުމުގެ ދާއިރާގައި އެބޭފުޅުން މާ ކުޅަދާނަވާނެ ކަމުގައެވެ.

ވާދަވެރި ފަރާތްތަކުން އިންތިހާބާއި ދިމާކޮށް ނަފުރަތު އުފެއްދުމަށް ދޮގުވާހަކަ ފަތުރާތީ އެކަމާއި ކަންބޮޑުވާކަން ފައްޔާޒްވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެކަން ފެނިގެން ދަނީ ވަރަށް ދެރަކޮށް ކަމުގައި ފައްޔާޒް ވިދާޅުވިއެވެ. އަދި އެމަގުން ނުދާން ގަދައަޅާ މަސައްކަތް ކުރަމުން ދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފައްޔާޒް އާއި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕޭން ޓީމުގެ ފަރާތުން އިންތިހާބަށް ނުފޫޒު ފޯރުވާކަމަށާއި އިންތިހާބުގެ ސައްހަކަން ކަމަށަރު ނުވާކަމަށް ބުނެ އެމްޑީޕީގެ އިންތިހާބުގެ ޝަކުވާތަކެއް ވަނީ ހުށައަޅާފައެވެ. އަދި އެޝަކުވާތައް ބަލައިގަނެފައިވާތީ އެކަމާއި ދެކޮޅަށް ފައްޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން ވަނީ ބަޔާނެއްވެސް އާންމު ކޮށްފައެވެ.

އެބަޔާނުގައިވާ ގޮތުން އެމްޑީޕީގެ ފަރާތުން އެތެރޭގެ އިންތިހާބުގެ ޝަކުވާ ބަލައިގަތުމަށް އެކުލަވާލި ކޮމިޓީ އަކީ ޕާޓީގެ އިންތިހާބުތަކާއި ބެހޭ ގަވާއިދާއި ހިލާފަށް އެކުލަވާލެވުނު ކޮމިޓީ އެއް ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޕާޓީގެ ފަރާތުން ވަކި ކެންޑިޑޭޓެއްގެ މައްސަލަ ބެލުމުގައި ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ކުރުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އަމަލުކޮށްފައިވާތީ އެމައްސަލަ އިސްތިއުނާފު ކުރުމަށް ހުށައަޅާ ކަމުގައިވެސް ފައްޔާޒްގެ ފަރާތުން އާންމު ކުރި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެތެރޭގެ އިންތިހާބުގައި ފަައްޔާޒް މިވަގުތު ގެންދަވަނީ ހއ އަދި ހދ އަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ހދ ކުޅުދުއްފުށީގައި ފައްޔާޒް ވަނީ ހިންގާލަން ކެމްޕޭން ޖަގަހަ އެއް ހުޅުއްވައިދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: