ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަކީ ތަންދޮރު ނޭގޭ، ގަބު އިންޑިއާގެ ޕަޕެޓެއް: ސިއްދީގު

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސްއަށް ތަންދޮރު އެގިވަޑައިނުގަންނަވާކަމަށާއި، އެމަނިކުފާނަކީ “އިންޑިއާގެ ޕަޕެޓެއް” ކަމަށް އިދިކޮޅުގެ ކައުންސިލް މެންބަރ އަދި ހޯމް މިނިސްޓްރީގެ ނައިބްކަން ކުރިން ކުރައްވައިފައިވާ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިހެން ވިދާޅުވީ “ސަންގު ޓީވީގެ” ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގާނޫނު އަސާސީ އާއި ހިލާފަށް ކަންތައް ކުރައްވާއިރު އެމަނިކުފާނުގެ ވަޒީރުންވެސް މިގޮތަށް ކަންތައް ކުރައްވަން ފަސް ނުޖެހޭކަމުގައެވެ. އޭނާ ފާހަގަ ކުރެއްވީ ކޮވިޑާއި ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެތްގެ މަގާމުގައި ހުންނަވާ މައިމޫނާ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކުރެއްވީ ގާނޫނާއި ހިލާފަށްކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްދީގު މިފަދައިން ވިދާޅުވީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދު ﷲ އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި ހަރަކާތުގައި ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެކަން ހާމަކޮށް ގަރާރެއް ނެރުއްވުމެވެ. ގަރާރު ނެރުއްވުމާއިއެކު ގަރާރު އޮތީ ބޭގަރާރު ވެފަ އޮތް މަޒުމުނެއްގެ ސިފައިގައި ކަމަށާއި މިއީ އެޅުއްވި ވަރަށް ބޮޑު “ޅަ އެއްޗެއް” ކަމުގައި ބުނެ ފާޑު އިދިކޮޅުން ފާޑު ކިޔުން އަމާޒުކުރިއެވެ. އަދި އިދިކޮޅުން ވަނީ މިކަމަށް ފާޑު ކިޔާ މިއީ ރައީސުލްޖުމްހުރިއްޔާއަށް ލިބިދީފައިވާ ހައްގެއް ނޫންކަމަށާއި އެމަނިކުފާނު މަގާމުގައި ހުންނެވީ ގާނޫނު އުފައްދައް ނޫންކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.

ވެރިކަމުގައި ހުންނެވީ ގާނޫނު ނަގަހައްޓަންކަމަށާއި އެހެންކަމުން މިނިވަންކަމާއިއެކު އެއްވެ އުޅުމާއި ހިޔާޅު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުއްވުމަށް އިދިކޮޅުން އައީ ގޮވާލަމުންނެވެ.

ސިއްދީގު ވިދާޅުވީ ރައިސުލް ޖުމްހުރިއްޔާއަށް ލިބިދީފައިވާ ބާރެއް އެހެން މީހަކު ނިގުޅައިގަތް އިރުވެސް ބައްލަވަން ހުންނެވިތީ އެއީ* “ގަބު” ރައިސްއެކޭ ދެންނެވިދާނެކަމަށެވެ.

“އެގިވަޑައިގަންނަވާނަމަ ރައީސުލްޖުމްހުރިއްޔާ މަގާމުގައި ހުންނަވާ، ތިމަންނަގެ ބާރުތައް ތިމަންނަގެ ޓައި ނަގައިގެންދާއިރުގަ ނުހުނާނެތާ ބަލާކަށެއް” ސިއްދީގު ވިދާޅުވިއެވެ.

ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމުގައި ބުނެ ގަރާރެއް ނެރުއްވިއިރު ސަލާމަތީ ނުރައްކަލަކީ ކޮބައިކަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ސާފުކޮށް ދަންނަވާފައިވާ އެބަ އޮތްކަމަށް ސިއްދީގު ފާހަގަކުރެއްވިއެވެ. ރައީސްއަށް މިކަމުގައި ހިޔާލު ދެއްވި ބޭފުޅަކު ނުބައިކޮށް ދެއްވީކަމެއް ނުވަތަ އެމަނިކުފާނުގެ “ގަބު” ކަމުގެ މައްޗަށް އިތުރު ބޮޅެއް އިތުރުކޮށްލެއްވީތޯ މަލާމާތުގެ ރާގެއްގައި އޭނާ ސުވާލު އުފެއްދެވިއެވެ.

ނޫނީ މިއީ އިންޑިއާގެ ނުފޫޒުން ވީކަމެއްތޯ ސުވާލު އުފައްދަވާފަދަ މޭރުމަކުން އޭނާ ވާހަކަދެއްކެވިއެވެ. މިއަދުގެ ދިވެހި ރާއްޖޭގެ ރައިސަކީ މިތާގައި ހުރެ ވެރިކަން ކުރެއްވިކަމުގައިވީ ނަމަވެސް “އިންޑިއާގެ ޕަޕެޓެއް” ކަމުގައި ސިއްދީގު ވިދާޅުވިއެވެ. އަދި ރައިސް ވެރިކަން ކުރައްވަނީ އަމިއްލަ އިހްތިޔާރުގައި ނޫންކަމަށާއި ތަންފީޒު ކުރައްވަމުން އެގެންދަވަނީ އިންޑިއާއިން ކުރައްވާ އަމުރުތަކެއްކަމުގައި ސިއްދީގު ވިދާޅުވިއެވެ.

އަރިހުގައި ތިބީ ބޭފުޅުން ރައިސް ދަލެއްގައި ޖައްސާލެއްވީކަމުގައި ފާހަގަކޯށް ސިއްދީގު ވިދާޅުވީ މިފަދަ “ގަބު” ބޭފުޅަކަން މިފަދައިން ކަންތައް ކުރެއްވޭނެކަމުގައެވެ.

ގަރާރުގައި އޮތީ ޖާއިޒު މަގުސަދަކާއި ނުލައި ސިޔާސީ ހަރަކާތެއް ވަކި ގައުމަކާއި ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕެއިންތަކަކީ ހުއްދަ ނުކރާކަމެއްކަން ފާހަގަކޮށް ސިއްދީގު ވިދާޅުވީ މިގައުމުގައި އިންޑިއާގެ މިލިޓްރޫީ ޕްރިސްންސް އެބަ އޮތްކަމަށާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރތިޔާރާއިއެކު އެބަތިބިކަމަށް ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީ ރައްޔިތުންގެ މަޖިލީހުގައި އިގުރާރުވީކަމަށާއި މިފަދައިން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަމަށް ބުރޫއަރާކަމަށެވެ. އެހެންކަމުން މިއަށްވުރެ ޖާއިޒު ކަމެއް ދިވެހިން އަޑުއުފުލުމަށް އޮންނާނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ސިއްދީގު ވިދާޅުވީ ހަގީގަތަކީ ރައީސުލްޖުމްހުރިއްޔާގެ ގަރާރުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ށ އާއި އެކިއެކި މާއްދާތަކާއި ހަވާލާދީ ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް އޯގާވެރިކަމާއި އަދުވެރިކަމުގެ އިތުރުން ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި އާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި އަދި ރައްޔިތުންގެ ތެރޭގައި ބައިބައިވުން މަދުކޮށް މިނިވަންކަން ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހުރިއްޔާއައި މަތިކުރެވިފައިވާ ވާޖިބަށް ގަރާރު ނެރެ އިހުމާލުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: