ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ އަމަލު ކުރަނީ ޓެރަރިޒަމް އަށް ހިއްވަރު ލިބޭގޮތަށް: އަދުރޭ

ރައީސް ޔާމީނަށް އިންޒާރު ދިން މީހާ ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރ މާރިޔާގެ އަހްމަދު ދީދީ ގެ އަމަލުތައް ބައްޓަންވެފައި ހުރިގޮތުން ޓެރަރިޒަމް އަށް ހިިއްވަރު ލިބޭ ކަމަށް ޕީޕަލްސް ނެޝަލަން ކޮންގްރެސް(ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސައިޒް ކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯ އާއްމުކޮށް އިންޒާރު ދީފައިވާ މައްސަލަ ފުލުހުންގެ މުއައްސަސާއަށް ހުށައިޅިފައިވީތާ 48 ގަޑިއިރު ހަމަވެފައިވީ އިރު އަދި އެއްވެސް ޖަވާބެއްވެސް ލިބިފައިނުވާ ކަމަށާއި، ފިޔަވަޅެއްވެސް އެކަމާއި ގުޅިގެން އެޅިފައި ނުވާ ކަމަށެވެ.

އިންޒާރު ދިން މައްސަލައަކީ ޓެރަރިޒަމް ގެ އަމަލެއް ގޮތުގައި ސިފަކުރަށްވާ އެނާ ވިދާޅުވީ ކުރީގައި ރައީސުލް ޖުމުހޫރިއްޔާކަން ކުރަށްވާފައިވާ ބޭބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ ނަންގަވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ކަމަށެވެ. ނަމެވެސް މައްސަލަ ހުށައެޅިފައިވީ ނަމަވެސް އެއްވެސް ފިޔަވަޅެއް އެޅިފައިނުވުމުން މިފަދަ އަމަލުތައް ހިންގަން މަގުފަހި ވެގެންދާ ކަމަށާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އަމަލުތައް ބައްޓަން ކުރެވިފައި ހުރިގޮތުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހިއްވަރު ލިބިގެންދާކަމަށް އެނާ ވަނީ ތުހުމަތު ކުރަށްވާފައިއެވެ.

ރައީސް ޔާމިންއަށް އިންޒާރު ދިން މައްސަލަ ވަނީ ކަމާއި ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކަށްވެސް ހުށައެޅާފައިކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރިން ރައީސް ޔާމިން އާއި މެދުކަންކަން ކުރަށްވާފައިވާ އުސޫލަށްވުރެން “ނުބައި ކޮށް’ މި ސަރުކާރުން މިހާރު އަމަލު ކުރަން ރާވައިފައިވާކަމަށާއި އެހެން ކަމުން ރައީސް ޔާމިންގެ ގެކޮޅަށްވެސް “ބޭނުން ގަޑިޔަކު” ފުލުހުން ވަންނަކަމަށް އިޝާރާތްކޮށް އެނާ ވިދާޅުވީ ދާދި ފަހުން ފިތްރް އީދު ދުވަހު ދަންވަރު 3 ޖެހި އިރު ކޯޓު އަމުރަކާއިގެން އައިސް ޕީޕީއެމް ގެ އޮފީސް ހުންނަ އިމާރާތަށް ފުލުހުން ވަތްކަމަށެވެ. ނަމަވެސް އެ އަމުރުގައި އެ އިމާރާތައް ވަންނަން ނެތްކަމަންވެސް އެނާ ވަނީ ފާހަގަ ކުރަށްވާފައިއެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރަށްވާ ނެރުއްވާފައިވާ ގަރާރު ބާތިލު ކުރުމާއި މެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އަދި އެކަމާއި ގުޅިގެން ޝަރުއީ ނިޒާމުގެ ދަށުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހް އަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަށްވަން އިލްތިމާޒް ކުރަށްވާ ކަމަށާއި ރައީސް ނަޝީދު އަށް ވުރެން ބޮޑަށް “ޗާޓުން ބޭރުގައި” އުޅުއްވާކަމަށް އެނާ ވަނީ ވިދާޅުވެފައިއެވެ. އިންޑިއާ ދަތުރުފުޅުގައި ޗައިނާއަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ދައްކަވަމުން ދާ ވާހަކަ ތަކަަށް އިޝާރާތް ކުރަށްވާ އަބްދުއްރަހީމް ވިދާޅުވީ ހަމަ ހަަމަކަން ގެންގުޅުއްވަން ވާނީ އެއްމެ ކަމަކު ނޫން ކަމަށެވެ. އަދި ރައީސް ނަޝީދުގެ އަމަލުތަކާއި ގުޅުވައި ވެސް ގަރާރެއް ނެރުއްވާ ފިޔަވަޅު އަޅަން އެނާ އަށް ފެނިވަޑައިގަންނަ ކަމަށެވެ.

ދާދި ފަހުން މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ރައީސް ޔާމިން އަށް އިންޒާރުދީ، ސޯޝަލް މީޑއާގައި ވީޑިއޯއެއް އާއްމުކޮށްފައިވެއެވެ. އިދިކޮޅު ކޯލިޝަން އިން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތާއި މެދު ނުރުހުން ފާޅުކޮށް އިންޑިއާ ރައްޔިތުންގެ ދިފާއުގައި އާއްމުކޮށްފައިވާ ވީޑިއޯ މެސެޖް ގައި ބުނެފައިވާނީ ކުރިން ވެރިކަން ކުރި ފަރާތަކުން ދިވެހި ރާއްޖެ އިނދަ ޖައްސާލަން މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށާއި ރާއްޖޭގެ ދިފައީ ބާރުތަކަށް އިންޑިއާ ގެ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަމުން ދާ ވާހަކަތަކަކީ ސައްހަ ނޫން ވާހަކަ ތަކެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: