ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުމަކާ ގުޅިގެން އުޅަނދެއް ޖޫރިމަނާކޮށްފި

ސަފާރީއެއްގައި އެކަހެރިވުމަށް އަންގާފައިވަނިކޮށް، ހުޅުމާލެ އެރި މީހެއްގެ ބަންދަށް ފަސް ދުވަސް!
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފަރުގެ ސާވޭއެއް ހަދަމުން ދަނިކޮށް ފަރަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން “އޯޝަން ސާވެޔާ” ކިޔާ އުޅަނދެއް ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ފަރަށް ގެއްލުންތަކާ ގުޅިގެން ޖޫރިމަނާކުރީ 198,112.73ރ. އިން ކަމަށެވެ. އަދި އެ ފައިސާ މަސް ދުވަހުގެ ތެރޭގައިދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ޖޫރިމަނާކުރީ “އޯޝަން ސާވެޔާ” ގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ފަރުގައި ޖެހިފައިވާކަން އެ ފަރާތުން ފޮނުވި މައުލޫމާތު އެނގިފައިވާތީ ކަމަށެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާ ގުޅިގެން މިދިޔަ މަހުގެ 13 ގައި އެ ސަރަޙައްދަށް ފީނައިގެން ކުރި ސާވޭގައި ވެސް ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: