ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ކުޑަކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފިތުރު އީދު ދުވަހު މާލޭގެ ޖަނަވަރީ މަގުގައި ހިނގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ހިނގި މާރާމާރީގެ ތުހުމަތަށް ހައްޔަރު ކޮށްފައިވަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ހަސަން ޒިހާން ކަމަަށެވެ. ދެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އެހެން ކަމުން އޭނާގެ ވަނަވަރެއް ހާމައެެއް ނުކުރެއެވެ. އެއީ 15 އަހަރުގެ ކުއްޖެކެވެ.

ހަސަން ޒިހާންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި 15 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ އިތުރުން އިތުރު ހަތް މީހަކު ހޯދަމުންދާ ކަމަށެވެ.

އީދު ދުވަހު ހިނގި މާރާމާރީގައި ޒުވާނަކު ވަނީ ވަރަށް ބޮޑަށް ޒަހަމުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: