ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ސުވާލެއް ފުލުހުންނަށް: މާރާމާރީތަކަށް އަޅާނުލަނީ ތޯ، ނޫނީ ބައިވެރިވުމެއް އޮތީ ތޯ؟

ތަހުގީގު އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިވަގުތު ހިނގަމުން ދާ ސިލްސިލާ މާރާމާރީތަކުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް އޮތީ ތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މާލޭގައި ގޭންގު މާރާމާތީތައް ފެށުނު ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ހަމަނުޖެހުންތައް ފެށުނު ހިސާބުން، ރޯދަ މަހަށް ފަހު ބާއްވަން ހަމަޖެހިފައި އޮތް ބައިބަލާ މުބާރާތް ފުލުހުންގެ އެދުމަށް ވަނީ ފަސްކޮށްފަ އެވެ.

މަރާމާރީތަކުގެ މައްސަލައިގައި ހަތް މީހަކު ހޯދަން އިއުލާނުކޮށް، ހިޔާ ފްލެޓުތަކުގެ ޓަވަރެއްގައި އޮޕަރޭޝަނެއް ހިންގުމަށް ފަހު އުމުރުން 18 އަހަރުގެ ޒުވާނެއް ފުލުހުން ހައްޔަރު ކުރި އެވެ.

ފިތުރު އީދު ދުވަހު ފެށުނު ހަމަނުޖެހުންތަކަށް ފަހު ކޮންމެ ދުވަހަކު ވެސް ދެ މާރާމާރީ އެއް، ނުވަތަ ތިން މާރާމާރީ ހިނގަ އެވެ. އެދެވޭ ހައްލެއް މިކަމަށް ގެނެވިފައި ނުވާތީ ރައީސް ޔާމީން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދުވަސްތަކަށް ފަހު ނުރައްކާތެރި ހަމަނުޖެހުންތަކާއި ހަމަލާ ދިނުން ފެށި އޭގެ އެންމެ ގޯސް ދަރަޖައަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ހަމަލާތައް ތަހުގީގު ކުރަން ފުލުހުން މާބޮޑު ސަމާލުކަމެއް ނުދޭކަން ނުވަތަ ފަރުވާ ކުޑަކުރާކަން ދޭހަވާ މޭރުމަކުން ރައީސް ޔާމީން ދެން ސުވާލު އުފެއްދެވީ ފުލުހުންގެ ވެސް ބައިވެރިވުމެއް އޮތީ ތޯ އެވެ.

 

މާލޭގައި ގްރޫޕް މާރާމާރީތައް މެދުކެނޑިފައި އޮތް ނަމަވެސް، ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ގޭންގު މާރާމާތީތައް ވަރަށް ބޮޑަށް އާއްމުވެ، ސިލްސިލާ ގޮތެއްގައި ހަމަނުޖެހުންތައް ހިނގައިދިޔަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: