ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރުމަށް ސަރުކާރުންވަނީ ނުކުޅެދިފައި: ފިރުޝާން

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން—
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާ ތަހުގީގުކުރުމަށް ސަރުކާރުންވަނީ ނުކުޅެދިފައި ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ  ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް އިންސާފުލިބުނުކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމުގައި ސަރުކާރުން ވަނީ ފަހަތުފަޔަށް ބުރަވެފައިކަމުގައެވެ.

އެހެންކަމުން ރައީސް ނަޝީދަށް ދެވުނު ނިރުބަވެރި ހަމަލާއަށް އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާ އަށް މި ސަރުކާރަށް  އިންސާފުހޯދައިދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށް ފިރުޝާން ވިދާޅުވިއެވެ.

2021 މެއި 06 ވަނަ ދުވަހު މަޖީދީ މަގު މެދުގައި އަތަމާ ޕެލަސް ހިސާބުން  ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ގޮއްވާލި ބޮމުގެ ހަމަލާ އަށް އެއް އަހަރުވެގެން ދާއިރު އެމަނިކުފާނަށް އިންސާފު ލިބުނު ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ 06 މެއިގެ ހަމަލާ އަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އަދި އެ ހަމަލާ ތަހުގީގު ކުރުމަށް ކޮމިޓީ އެއް އެކުލަވާލި ކަމުގައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ހަމަލާގެ ތަހުގީގު ނިމެންދެން  އެކަމާއި ގުޅުން ހުރި ބައްދަލުވުންތައް ބާއްވަން ފާސްކުރި ފާސްކުރުން ތަންފީޒު ނުކުރެވުނީ ކޯރަމް ހަމަނުވެގެން ކަމުގައި ފިރުޝާނވިދާޅުވިއެވެ. އަދި އޭގެ ފަހުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޓޫފޯވަން ކޮމިޓީއަށް ހުށައެޅި ކަމަށާއި އެކޮމިޓީއިން އެމަސައްލައިގައި ރިޕޯޓެއް ނެރެ އެ ރިޕޯޓްގެ އަލީގައި ސަރުކާރަށް އެކަމާއި ގުޅުން ހުރި ގިނަގުނަ ލަފާ އަރުވާފައިވާނެ ކަމުގައި ފިރުޝާންގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް ކަމަކަށް އަމަލުކުރެވިފައިވާތަން ފެނިފައިނުވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރާވައި ހިންގުމަށް ހަރަދުތަކެއް ދާނެކަމާއި އެކަން ކުރުމަށް ބައެއްގެ ތާއީދު ބޭނުންވާނެ ކަމުގައި ފިރުޝާން ވިދާޅުވިއެވެ. އެ ހަމަލާ އަކީ ދުރާލާ ރޭވިގެން އެކަމުގައި ޝާމިލްވާ މީހުންނަށް އެހެން ބައެއްގެ ތާއީދާއި ފައިސާ ލިބިގެން ކުރިއަށް ގެންދިޔަ ހަމަލާއެއްގެ ގޮތުގައި ފިރުޝާން ސިފަކުރެއްވިއެވެ.

06 މެއި ގައި ރައީސް ނަޝީދަށް ދެވުނު ހަމަލާގައި ބޮންގޮއްވި މީހުންގެ އަމަލުތަކާއި ހަރަކާތްތައް އެހާދިސާ ތަހުގީގު ކުރުމަށްފަހު ފުލުހުން ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ދެއްކި ނަމަވެސް އެކަމަށް ފަންޑު ކުރި ގޮތުގެ ތަފްސީލް ނުވަތަ ފައިނެންޝަލް ރިކޯޑްސް ހާމަކޮށްފައިނުވާތީ އެކަމާއި ފިރުޝާން ސުވާލު އުފެއްދެވިއެވެ. ފިރުޝާން ވިދާޅުވީ އެހަމަލާ އަށް ފަންޑުކުރުމަށް  ކުރެވުނު މުއާމަލާތްތައް ފުލުހުންނަށް ދެއްކެންވާނެ ކަމުގައެވެ.

ފިރުޝާން ވިދާޅުވީ އެމްއެންޑީއެފުން ނޫސްވެރިންގެ ބައްދަލުވުމެއްްގައި ޒަކަރިއްޔާ މަންސޫރު، ރައީސް ނަޝީދުގެ ހަމަލާ ހިނގާދިޔަކަން  އެމްއެންޑީއެފަށް ނޭނގި ރައްޔިތުންނަށް އިނގޭތޯ ސުވާލުދަންނަވާފައިވާ ކަމުގައެވެ. އެކަމުން ފިރުޝާނަށް ދޭހަވަނީ ހަގީގަތުގައި އެވަރުގެ ކަމެއް ހިނގާދިޔައިރު އެމްއެންޑީއެފަށް ނޭނގޭ ކަމުގައެވެ.

ފިރުޝާން ވިދާޅުވީ ކުރީގައި ރައީސް ކަން ކުރެއްވި، އެމްއެންޑީއެފުން ސެކިއުރިޓީ ދެއްވާ، އަދި ފުރާނަފުޅަށް ނުރައްކާވާ ވަރުގެ އިންޒާރުދޭކަން ރާއްޖޭގެ އިންޓަލިޖެންސް ބަލަހައްޓާ ފަރާތްތަކަށް އެނގޭ  ބޭފުޅަކާ އަމާޒުކޮށް މާލޭގެ ކާރޫބާރު ބޮޑު މަޖީދީމަގުގައި ރޭގަނޑެއްގެ އިރާކޮޅުގެ ވަގުތުގައި ގޮއްވާލި ބޮމުގެ ހަމަލާ އެއް ދޭން އުޅޭކަން އެމްއެންޑީއެފަށް އެނގެންވާނެ ކަމަށެވެ.

ފިރުޝާން ވިދާޅުވީ ނޭނގޭ ބުނިކަމުގައި ވީނަމަވެސް އެކަން އަޅާނުލާ ދޫކޮށްލުމުން އެކަން ނޭނގުނީ ކަމަށެވެ. އަދި އެހަމަލާ ހިންގުމަށް ފައިނޭންސް ކުރިބައެއް ހޯދެންވާނެ ކަމަށާއި އެކަމުގެ ތަހުގީގު ހިންގަންވާނެ ކަމަށާއި ނަމަވެސް އެތަހުގީގު ހިންގާތަން ފެނިފައި ނުވާ ކަމުގައި ފިރުޝާން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާ އަށް އެއް އަހަރު ވެގެންދާއިރު، އެހަމަލާ އާއި ގުޅިގެން ހައްޔަރުކުރެވުނު އަދުހަމް އާއި އެކު ދައުލަތުން އޭނައާއި އެކު އިއުތިރާފް އެއްބަސްވުމެއް ހެދުމުގެ ބޭރުން ހަގީގަތުގައި އެއްވެސް ކަމެއް ނުހިގާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ އެހަމަލާގެ ތަހުގީގު ހިނގާނަމަ، ކޮންމެވެސް ކަންތައްތަކެއް ފެންނަން ޖެހޭނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: