ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް އިންސާފް ލިބިފައި ނެތުން: ނަރީޝް ދޭހަކޮށްދިނީ އަދުލުގެ ނިޒާމް ފެއިލް ވެއްޖެކަމުގަ

މާލެ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ބޮމުގެ ހަމަލާގައި ބައިވެރިވެފައިވާ މީހުންނާއި ފަންޑު ކުރި މީހުން އިންސާފުގެ ކުރިމައްޗަށް އަދިވެސް ހާޒިރުކުރެވިފައި ނެތުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމު އޮތް ހާލަތު ހާމަވާ ކަމެއްކަމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއަށް މިއަދަށް އަހަރެއް ވެގެންދާއިރުވެސް މިކަމުގައި ޝާމިލްވެފައިވާ ފަރާތްތަށް ނުހޯދި ހައްގު އަދަބު ދީފައިނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި ނަރީޝް ވަނީ މިކަމުން ދޭހަ ވަނީ ރާއްޖޭގެ އަދުލުގެ ނިޒާމް އޮތް ހަލަތުކަމަށް ބުނެ ޓްވީޓެއް ކުރައްވާފައެވެ.

ޓްވީޓުގައި އޭނާ އިތުރަށް ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ 3 ބާރުގެ ތެރެއިން 1 ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެވުނު ބޮމުގެ ހަމަލާއަށް 1 އެއް އަހަރުވެފައިވާކަމަށެވެ. އަދި ނަރީޝް ވަނީ އިތުރަށް އޭނާގެ އަމިއްލަ ޓްވީޓަށް ކޮމެންޓް ކުރައްވާ އެމްޑީޕީ ވެރިކަމަށް އައީ އިންސާފު ހޯދައިދޭނެ ކަމުގެ ވައުދުތައް ރައްޔިތުންނަށް ވަމުންކަމުގައި ވިދާޅުވެފައެވެ.

“ތިމާ މެންނާއި ޖެހުމުން އިންސާފު ވީތަނެއް އިގޭ އެކަކުވެސް ހުރި ކަމަކަށް ނުވި! އަދިވެސް 2023 އެމްޑީޕީއަށް ދޭންވީތޯ؟ އެމްޑީޕީ މެމްބަރުން އިންސާފު ގާއިމުވެއްޖެ ކަމަށް ގަބޫލު ކުރަންތޯ؟” ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށްވެސް ވަނީ ރައީސް ނަޝީދު ފަދައިން އިންސާފް ލިބިފައި ނުވާ ފަރާތްތަކުގެ ނަންތައް ފާހަގަކޮށް އެ ފަރާތްތަކުގެ އިންސާފު ކޮބައިތޯ އަދި ލިބިއްޖެތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުން ތާއަބަދު ވާނުވާގައި ބޭތިއްބިދާނެކަމަށް އެމްޑީޕީ އަދިވެސް ގަބޫލުކުރަނީތޯވެސް ނަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި 2023 ގައި ރައްޔިތުން މިކަމުގެ ޖަވާބު ދޭނެކަމުގައި ބުނެ ނަރީޝް ދޭހަ ކޮށްދީފައިވަނީ އެމްޑީޕީއަށް 2023 ކާމިޔާ ނުވާނެކަމުގައެވެ.

މީގެ އިތުރަށް ރައީސް ނަޝީދުގެ މި ހަމަލާއަށް އިންސާފު ނުލިބި ވާތީ ނަރީޝްގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ފަރާތުންވެސް ވަނީ ބަޔާނެއް އާންމުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާއިލާއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް ދައުވާ ކުރި ނަމަވެސް ހަމަލާގެ ކުރީގެ ސަފުގައި ފެނިފައިވާ މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު ދައުލަތުގެ އިދާރާތަކުން އަހަންމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތަށް ދިމާވީ މައްސަލައާއި ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހުގީގު ކޮށްފައި ނެތުމުން ކަމަށް އާއިލާ އިން ގަބޫލުކުރާކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސެކިއުރިޓީ ސަބަބުތަކާ ހެދި ރައީސް ނަޝީދު ހިންގަވާ ހަރަކާތްތައް ހަނިވެފައިވާތީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ހުއްޓިފައިވާ ކަމަށެވެ. ސިޔާސީ ގޮތުންނާއި އަދި ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވަން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސް އެޅިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރަށް މަޖިލީހުންވެސް ވަނީ މިހަމަލާ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް އާންމުކޮށްފައިކަންވެސް ފާހަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: