ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޙުލާގެ ވާހަކަތައް ޕީޕީއެމްއިން ދޮގުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ނަހުލާ ވާހަކަ ދައްކަވަނީ./ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ދައްކަވަމުންގެންދާ ވާހަކަތަކަކީ ޕީޕީއެމް އާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކުރުމަށްޓަކައި ދައްކާ ދޮގު ވާހަކަތަކެއްކަމުގައި ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން ވަނީ މިފަދައިން ބުނެ ނޫސް ބަޔާނެއް އާންމު ކުރައްވާފައެވެ. ބަޔާނުގައި ވަނީ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްގެ މެންބަރު ނަޙުލާ ޢަލީ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓްގައި ޕާޓީއާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަކީ ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކާފައިވާ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމުގައެވެ.

ފޭސްބުކް ޕޭޖެއްގައި ނަހުލާ ޕީޕީއެމްއިން ވަކި ކުރިކަމުގެ އަޑުތައް އިވެމުންދާކަމުގައި ބުނެކޮށްފައިވާ ޕޯސްޓެއް ހިއްސާކޮށް ނަހުލާވަނީ މިކަން ދޮގުކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ ބައި އިލެކްޝަނާއި ގުޅިގެން އޭނާއާއި ދެކޮޅަށް ހުޅުމާލޭ ދާއިރާގެ ކައުންސިލާ ސުޖާއު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ވިލިމާލޭގެ އަންހެނުން ކުރިއަރުވާ ކޮމިޓީއަށް ނަހުލާ ބޭނުންވާ ފަރާތެއްގެ ނަން ހުށައެޅުމުން އެނަން ނަގާ ސުޖާއު ބޭނުންވި ފަރާތް ހުށައަޅާފައިވާކަމުގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ ކެޑިޑޭޓުގެ ފޯމް، އިލެކްޝަން ކޮމިޝަނަށް ހުށައެޅުމާއިއެކު އެ ކެޑިޑޭޓު ނުހޮވިއްޖެނަމަ ނަހުލާ ޕީޕީއެމްއިން ވަކިކޮށްފައި ނޫނީ ހުއްޓާނުލާނަންކަމުގައި ބުނެ ސުޖާއު އިންޒާރު ދެމުން އައިކަމުގެ ތުހުމަތުވެސް ނަހުލާ ވަނީ ކޮށްފައެވެ. އަދި މިކަން ވާނީ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެެ ހާޒިރުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުށައަޅާފައިކަމަށްވެސް މި ޕޯސްޓްގައި ނަހުލާ ބުނެފައިވެއެވެ.

ސުޖާއު އަންނަނީ އޭނާއާއި ބެހޭގޮތުން މަސްލަހަތު ގެއްލޭނެ ގޮތަށް ވިލިމާލޭގައި ވާހަކަތައް ފަތުރަމުން ކަމުގައިވެސް ނަހުލާ ވަނީ ތުހުމަތު ކުރައްވާފައެެވެ. އަދި ނަހުލާ ފާހަގަ ކޮށްފައިވަނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރެއްވިކަމުގައިވީ ނަމަވެސް ވިލިމާލޭ ރައްޔިތުންގެ މަސްލަހަތު އޭނާ އިސްކުރާނަންކަމުގައެވެ.

އޭނާ ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަމަށާއި، ރައީސް ޔާމީން ނޫން ފަރާތްތަށް ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝާ ޕީޕީއެމްގެ ތެރެއިން އޭނާއަށް ވަރަށް ބޮޑުކަމަށްވެސް ނަހުލާ ވިދާޅުވެފައިވެއެވެ. އަދި ބިނާކުރަނިވި ފިކުރަށް ތާއީދު ކުރައްވާ ވިލިމާލޭގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅުން އޭނާއާއިއެކު ތިއްބެވުމަށްވެސް ނަހުލާވަނީ މި ޕޯސްޓުގައި ދަންނަވާފައެވެ.

ނަަމަވެސް ޕާޓީން އާންމު ކުރި ބަޔާނުގައި ވަނީ ޕާޓީގެ ޢާންމު މެންބަރުން ގާތުައި އާއި، ސޯޝަލް މީޑިއާގައި ޕާޓިއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާއެކު ލިބި އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމުގައެވެ.

މީގެ އިތުރަށް ބަޔާނުގައި ވަނީ ޕާޓިގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާކަމަށާއި، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަން ވެސް ފާހަގަކޮށްފައެވެ.

އަދި މިކަންކަން ކުރުމުގައި ނަޙުލާއަލީއާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ، އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް ހިމެނޭކަމުގައިވެސް މިކަމަާއި ގުޅިގެން އިދިކޮޅުން އާންމުކުރި ބަޔާނުގައިވެއެވެ.

މިހެންކަމުން މި ދެ ފަރާތުގެ މައްސަލަވެސް ޕާޓިގެ ސުލޫކީ ކޮމިޓީން ބަލަމުންދާކަމަށާއި، ނަޙުލާ ޢަލީ އަދި އާމިނަތު ލީލާ އާއި ގުޅިގެން ސުލޫކީ ކޮމިޓީން ބަލަމުން ގެންދާ މައްސަލަ ކުރިއަށް ގެންދިއުމުގައި އެދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: