ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންނަވަރުގަހި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. އަތޮޅު ހިންނަވަރުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެރަށުގެ އެކި ތަންތަނުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އަދި އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، އެ ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: