ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީގައި މާރާމާރީ ހިންގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

މާފުށި/ ފޮޓޯ:- އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި ބަޔަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށާއި، އެމީހުން ހައްޔަރުކޮށްފައިވަނީ މާފުށިން މާލެ އައިތަނުންކަމަށް ފުލުހުން ބުނެއެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހްގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: