ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޖަލުގައި އޮތް އިރުވެސް އެންމެ ބޮޑު އިތުބާރެއް ކުރެއްވީ ފައްޔާޒަށް: އިބުރޭ

ފައްޔާޒު އިސްމާއިލް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ޖަލުހުކުމެއް ތަންފީޒު ކުރެއްވިއިރު ރައީސް މުހައްމަދު ނަޝީދު އެންމެ އިތުބާރު ކުރެއްވި ބޭފުޅުން ތެރޭގައި އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ވާދަކުރަށްވާ ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންނަވާނެ ކަަމަށް އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ “ހިންގާލަން” ކެމްޕެއިންޓީމުގެ ފަރާތުން އާއްމު ކުރި ވީޑިއޯއެެއްގައި ފައްޔާޒާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިބްރަހީމް ވިދާޅުވީ އެނާއަށް ޕާޓީގެ އިސް ސަފުގައި ފައްޔާޒު އެންމެ ބޮޑަށް ފާހަގަ ވެގެންދިއައީ މޭޑޭ މުޒާހަރާއަށް ފަހު އޭރު ހުންނެވި ޗެއަޕާސަން އަލީ ވަހީދާއި، ޕާޓީގެ ރައީސް ނަޝީދު އިންގިރޭސި ވިލާތުގައި ތިއްބެވި އިރު ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ނުބޭއްވި ދިއުމުގެ ސަބަބުން އާއްމު މެމްބަރުން ތެރޭގައި އުފެދިގެންދިއަ ނުތަނަވަސްކަން ނައްތާލުމަށްޓަކައި، ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް އެދުމުގެ މަތިން ފައްޔާޒު އިސްނަގައިން ލީޑާރޝިޕްއާއި މަޝްވަރާކޮށް ހަފްތާއަކު އެއްފަހަރު ބައްދަލުވުންތައް ކުރިއަށް ގެންދަން ފެށުމުންކަމަށެވެ. އަދި މި ބައްދަލުވުން ތަކުގައި އެންމެހާ މެމްބަރުންވެސް ބައިވެރިވެލެއްވި ކަމަށާއި ގިނަ ފައިދާތަކެއް ވެގެންދިއަ ކަމަށް އެނާ ވިދާޅުވިއެވެ.

ފައްޔާޒު ޕާޓީގެ އިސް ސަފުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުގެ ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުންތަކެއް ބޭއްވުމުގެ އިތުރުން ރާއްޖޭގެ ގާނޫނަށް ގެނެވުނު ބަދަލަކާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޕާޓީގެ ރެޖިސްޓްރީއިން އުނި ކުރެވިގެން ދިއުމުގެ ސަބަބުން، އިންގިލީގެ ނިޝާންް ސައްހަ ނޫން މެމްބަރުންގެ ފޯމުތައް އަލުން ފުރާ އިންގިލީގެ ނިޝާން ހަމަކޮށް ރަށްރަށުން ފޯރމުތައް ގެނެސް އިލެކްޝަންސްއަށް ހުށައަޅައި އެ މެމްބަރުން އަލުން ޕާޓީއަށް ރެޖިސްޓަރ ކުރުމުގެ މަސައްކަތްވެސް ފައްޔާޒު އިސްނަންގަވައިގެން ކުރެއްވި ކަމަށެވެ. މަސައްކަތް ފަށައި މަހެއް ތެރޭ 3،000 މެމްބަރުގެ ފޯމުތައް އިލެކްޝަނަށް ހުށައެޅި ނަމަވެސް އެފަދަ މަސައްކަތްތަކަކީ ޕާޓީގެ އިދާރާތެރެއިން ހިންގުމަށް ފެންނަ މަސައްކަތެއް ކަމަށް އޭރު ޕާޓީގެ ލީޑާޝިޕްއިން އެންގުމުން އެފަދަ ހުރިހާ މަސައްކަތްތައް ވާނީ ޕާޓީގެ އިދާރާއާއި ހަވާލު ކުރެވިފައިކަމަށް އެނާ ވިދާޅުވިއެވެ.

2005 ގެ ޑިސެމްބަރު މަހު އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބައްދަލުވުމަށް ފަހު ޕާޓީގެ ހުރިހާ ގުނަވަންތައް އެކުލަވާލުމުގެ ތެރޭ އުފެދިގެން އައި ގާނޫނީ ކޮމެޓީގެ އިސް މެމްބަރެއްގެ ހައިސިއްޔަތުން އެކި މަސައްކަތްތަކުގައި ޕާޓީއަށް ބޭނުންވާ ގާނޫނީ ލަފާ އެރުވުމުގައި ފައްޔާޒު ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކޮށް އިބްރާހިމް ވިދާޅުވީ އޭރު މަސައްކަތްކުރެއްވި އިންތިހާބު ކޮމެޓީގައި ވެސް އިސްކޮށް ހުންނަވައިގެން ކޮމެޓީގެ ފަރާތުން ފައްޔާޒް ފުރިހަމައަށް އެެއްބާރުލުން ދިން ކަމަށެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލު ހުކުމެއް ތަންފީޒު ކުރެއްވި އިރު ހެއްދެވި އެޑްވައިޒަރީ ކޮމިޓީގައި ވެސް ފައްޔާޒު ހިމަނުއްވާފައިވާކަން ފާހަގަކޮށް އެނާ ވިދާޅުވީ އެ ކޮމިޓީގައި ތިއްބަވާނީ ނަޝީދު އިތުބާރުކުރަށްވާ އެ މަނިކުފާނާއި އެކު މަސައްކަތް ކުރެވޭނެ ގާބިލު ބޭފުޅުންކަމަށް ގަބޫލުކުރަށްވާ ކަމަށާއި އެ މަސައްކަތްތަކުގައިވެސް އިސް ރޯލެއް ފައްޔާޒު އަދާ ކުރެށްވި ކަމަށެވެ.

މީގެ އިތުރުން މިއަދު އާއްމު ކުރި ވީޑިއޯގައި އިބްރާހިމް ވިދާޅުވެފައިވަނީ ފައްޔާޒު އަބަދުވެސް އެމްޑީޕީގެ އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެތެރޭ އެކުވެރިކަން އާލާ ކުރަން މަސައްކަތްކުރަށްވާ ކަމަށެވެ. އެނާއަކީ އެމްޑީޕީ ވުޖޫދު ވީ ހިނދުން ފެށިގެން ޕާޓީގެ މެމްބަރެއް ގޮތުގައި ސްރީލަންކާގައި ވެސް މަސައްކަތްކުރަށްވަމުން އައި މީހެއްކަން ފާހަގަ ކުރަށްވަމުން އިބްރާހިމް ވިދާޅުވީ ވޭތުވެދިއަ 17 އަހަރު ތެރޭގައި ފެނިގެންދިއަ ލީޑަރުންގެ ތެރޭގައި އަމިއްލައަށް އިސްނަގައިގެން ކަންކަކުރުމުގެ އިތުރުން ވަކި މީހަކު ތަފާތު ނުކޮށް ކަންއޮތް ގޮތަށް ވާހަކަ ދައްކަވާ ބަސްވިދާޅުވާން ކެރޭ މަދު ބޭފުޅުންގެ ތެރޭގައި ފައްޔާޒު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދ ފައްޔާޒު ފާހަގަ ކުރެވިފައިވަނީ އެއްވެސް މީހަކު ބާކި ނުކޮށް އެންމެނާއިވެސް ގުޅިގެން މަސައްކަތް ކުރަށްވާ ބޭފުޅެއްގެ ގޮތުގައިކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: