ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 އަންނަންދެން ބައިކޮޅަށް ގޯލް ޖަހާކަށް ނުތިބެވޭނެ: ރޮޒެއިނާ

ދުވާފަރު ހިންގާލަން ކެމްޕެއިން ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 އަންނަންދެން ބައި ކޮޅަށް ގޯލް ޖަހަށް ނުތިބެވޭނެކަމަށާއި އަމިއްލަ ޕާޓީން އޮފް ސައިޑް ކުރުމުން ބަލަން ނުތިބެވޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ފޯރިގަދަވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ކެޑިޑޭޓު ރޮޒެއިނާ އާދަމް މިހެން ވިދާޅުވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ރޮޒެއިނާ ވިދާޅުވީ 2023 އަންނަންދެން ބައި ކޮޅަށް ގޯލްޖަހާ ޖަހާ ނުތިބެވޭނެކަމަށާއި، 2023 އަންނަންދެން އެބޭފުޅުންގެ ކުޅުންތެރިން އޮފްސައިޑް ކުރީމައި އަމިއްލަ ޓީމުގެ ފަރާތުން އެވާހަކަ ދައްކަން ނުތިބެވޭނެކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީއާއި ސަރުކާރުއެކީގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި 2023 އިންތިހާބު ކާިޔާބު ކުރެވޭނެ ގޮތަކީ މިއީ ކަމުގައި ފާހަގަކުރެއްވިއެވެ. އިންތިހާބަށް ވަގުތު ކުޑަތަން ވެއްޖެކަމަށާއި ވަގުތު ބޭކާރު ނުކުރެވޭނެތްކަމުގައި ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ އެތެރޭގެ މި އިންތިހާބަކީ ޕާޓީގެ ފާލަން އަލުން އަޅުއްވައިގެން ކުރިއަށް ގެންދަން ލިބުނު ރަނުގެ ފުރުސަތެއްކަމަށެވެ. މި ފުރުސަތު ހެޔޮ ގޮތުގަ ވިސްނުންތެރިކަމާއިއެކު ބޭނުންކުރަންޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.

މިހާރު ކުރެވެމުންދާ އެގެންދާ މަސައްކަތްތަކަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ޖަހަންވީ ސީޑީތައް ތައްޔާރު ކޮށްދިނުންކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ. އެ ރޮގުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގައި ދެކެނީނަމަ އެއީ ކުއްހީއެކަމުގައި ފާހަގަ ކުރައްވާ ރޮޒެއިނާ ވިދާޅުވީ ޕާޓިގެ ބައެއް ބޭފުޅުންނަ ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަގުބޫލުކަން ލިބޭނީ ސަރުކާރަށް ފާޑު ކިޔާ އެއްޗެހި ކިޔައިގެންކަމުގައެވެ.

ރޮޒެއިނާ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީ އޮތީ އިދިކޮޅުގައި ނޫން ކަމަށެވެ. އަދި މިފަދަ ވާހަކަތައް ޕާޓީން ދެއްކުމުން ރައްދުވަނީ މަލާމާތްކަމަށާއި ސަރުކާރުގައި އޮތީ އެމްޑީޕީކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށްކަމުގައި ފާހަގަަކުރައްވާ ރައްޔިތުން ސުވާލު އުފައްދަނީ ނުވާކަމުގައި އެ ދައްކާވާާ ވާހަކަތަކަކީ ކާކު ކުރަން ޖެހޭ ކަމެއްކަމުގައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ނުވަނީނަމަ ހައްލުކުރަން ތިބީ އެބޭފުޅުންކަމުގައި ރައްޔިތުން ބުނާކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޕާޓިގެ އެތެރޭގެ މި އިންތިހާބަށް މަދު ދުވަސްތަކަކަށްވެފައިވާއިރު ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދި ކޯޅުން އާންމުވެފައެވެ. އަދި އެކި ޒާތުގެ ތުހުމަތުތަކާއި ބަހުގެ ހަމަލާތައް ދަނީ ރައްދުކުރަމުންކަމުގައި ފާހަގަކޮށްލެވެއެވެ. މި ގޮތުން ޗެއާޕާސަންކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ފަރާތްތަކުން ނުފޫޒުގެ ބޭނުންކޮށް ވަޒީފާގެ ބިރު ދައްކާ ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. ރޮޒެއިނާވެސް އޭނާގެ ކެމްޕެއިންތައް ކުރައްވަމުން އަންނަނީ މިނިސްޓާ ފައްޔާޒް އާއި އެކު ކަމުގައިވީއިރު އޭނާގެ ބޮލުގައި ވަނީ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުތަށްވެސް އެޅުވިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: