ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރި ކެންޑިޑޭޓުގެ ކުންފުނިތަކަށް ގެއްލުމުގެ ބަދަލު ލިބުމަކީ އިއްތިފާގެއް ނޫން: އިންތި

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިންތި އާއި، ފައްޔާޒް އިސްމާއިލް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރި ކެންޑިޑޭޓްއާއި ގުޅުންހުރި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގޮތުގައި “ދައުލަތުގެ ތިޖޫރީ އަރި އަޅާލާ ވަރަށް” ފައިސާތަކެއް ލިބިފައިވުން އެއީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ދަތުރުތައް ނިންމައި އިންތި މާލެ ވަޑައިގަތީ މިއަދު އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށް ފަހު އިންތި ވިދާޅުވީ، މިއީ ކާމިޔަބު ދަތުރުތަކެއްކަމަށާއި، އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މާލެ ސިޓީގައި “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އެމްޑީޕީއަކީ ވައްކަމާއި ހިޔާނާތުގެ ތުހުމަތު ތަކުން ނެއްޓިފައިވާ ޕާޓީއަކަށް އެމްޑީޕީ ވާން ޖެހޭ ކަމަށެވެ. ނަމަވެސް ރިޔާސީ ވައުދެއްކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލައި ފިޔަވަޅު އެޅިފައި ނެތްކަމަށާއި މި ސަރުކާރުގެ ބައެއްގެ ބައިވެރިވުމާއި އެކު ހިންގި ވެންޓިލޭޓަރުގެ ހިޔާނާތަށް ވެސް މާބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ.

ސަރުކާރުގެ ޓްރާސިޝަން މުއްދަތުގެ ތެރޭގައި ކުރީގެ ސަރުކާރުން އުވާލި ބައެއް އެއްބަސްވުންތަކުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ދިން ކުންފުނިތަކުގެ ތެރޭގައި ބިގް ހިމެނޭ އިރު އެކަމަށް އިޝާރާތްކޮށް އިންތި ވިދާޅުވީ އެއީ އިއްތިފާގެއް ނޫން ކަމަށެވެ. މަޖިލީހުގައި ވެސް ބަހުސްތަކެއް ކުރި މި މައްސަލައިގެ އިތުރަށް މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދާއި މެދު ވެސް ގިނަ މެމްބަރުން ނުރުހުންފާޅުކޮށް ވާހަކަ ދެއްކެވި އެވެ.

ސީދާ ފައްޔާޒުގެ ނަން ބޭނުން ނުކުރެއްވި ނަމަވެސް “ވާދަވެރި ކެނޑިޑޭޓު” ގެ ނަމުން މުހާތަބު ކުރައްވައި އިންތި ވިދާޅުވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ވެސް އޭގެ އަސަރު ކުރިކަމަށެވެ. އެއަށް ފަހު ދެން އިންތި ފައްޔާޒަށް އަމާޒުކޮށް ވިދާޅުވީ ވަގު ކޯޓާތަކެއްގެ މައްސަލަ އިމިގްރޭޝަނުން ފުލުހުނަށް ހުށަހެޅުމުން ނުފޫޒުން އެ މައްސަލަ ހުއްޓުވާފައިވާ ކަމަށެވެ.

އިންތި ވިދާޅުވީ ގޮތުގައި މި ހާދިސާ ހިނގައިދިޔައީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ވަގު ކޯޓާތަކެއްގެ ދަށުން ރާއްޖެއަށް ބަޔަކު އެތެރެވީ މައްސަލަ، އިދާރާތްތަކަށް ހުށަހެޅުމުން ވެސް ކުރިޔަށް ގެންދެވިފައި ނުވަނީ ނުފޫޒެއްގެ ސަބަބުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކެމްޕެއިން ދަތުރެއްގެ ތެރެއިން ފައްޔާޒް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު ބައްދަލުވުމެއްގައި ހުންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާތީ އިންތި ވަނީ ކޯލިޝަނުގެ މެމްބަރުނާއި ޕާޓީގެ އެތެރޭގެ އިންތިހާބު މަޝްވަރާކޮށް ސައްލާ ކުރަން ނުޖެހޭކަމަށް ވިދާޅުވެފަ އެވެ. މިއީ އެމްޑީޕީއަށް އޭގެ ސަަބަބުން ނުރަނގަޅު އަސަރުތަކެއްކޮށް، ގެއްލުންތަކެއް ދިމާވެދާނެ މައްސަލައެއްކަން ފާހަގަކޮށް އިންތި ވިދާޅުވީ 2023 ކާމިޔާބު ކުރަން ދުރާލައި އެހެން ބަޔަކާއި ޑީލް ހަދަން ނުޖެހޭ ކަމަށެވެ. އެފަދަ މަޝްވަރާއެއް ކުރާނަމަ އެބޭފުޅުންގެ ފަރާތުން އަންނާނެ ޑިމާންޑުތަކުގެ ތެރޭގައި އަމިއްލަ ބޭނުންތަކަށް ޑިމާންޑުކޮށް ވަޒީފާއަށް އެދޭނެކަމަށާއި މިއީ އެމްޑީޕީއަށް ހުރި ނުރައްކަލެއް ކަމަށެވެ.

އިންތި ވިދާޅުވީ އެހެން ޕާޓީތަކުން އެމްޑީޕީގެ ފަލްސަފާ އާއި ވިސްނުމާއި ފިކުރުތައް ފުނޑާލަން ޑިމާންޑުކޮށް މަސައްކަތް ކުރަމުންދާނެ ކަމާއި މެދު ޝައްކެއް ނެތް ކަމަށާއި އެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: