ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ސަމާސާއެއް ނޫން: ޑރ ޖަމީލު

ރައީސް ސާލިހު އަދި އަރިހުގައި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ސަމާސާއެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެ ކުރައްވާ ތުހުމަތު ތަކުން އެކަން ހާމަވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ސަރުކާރުގައި ތިބީ ހައްދުފަހަނަ އަޅައިގޮސްފައިވާ އަނިޔާވެރި ބައެއްކަން ހާމަވާ ކަމަށެވެ.

ޑރ ޖަމީލްގެ ޓްވީޓްގައި ސަރުކާރުގައި މިފަހަރު އެޅީ ކޮން ފަންޏެއްތޯ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެ ސުވާލު އަމާޒުކުރައްވާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ ފަރާތުން އެޅި ފަންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ތަފާތު އެކި ބައްދަލުވުން ތަކުގައި ވިދާޅުވެފައި ވާތީއެވެ. .

ބެލެވޭ ގޮތުގައި ޖަމީލްގެ އެ ބަސް ރައްދު ކުރައްވާފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބައި ގުޅިގެން ޕާޓީ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުން ތަކަށް އަމާޒު ކޮށް ޕާޓީ ހަލާކު ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ލިބުމުގައި ލަސްތަކެއް ވެގެންދާތީ އެމަނިކުފާނާއި އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަށް އެއް އަހަރު ވެފައިވާއިރު މިސަރުކާރުން އެ ހަމަލާގެ ތަހުގީގު އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން ދަނީ ފާހަގަކުރަމުންނެވެ.

 

ޑރ ޖަމީލް މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާއިރު، ރައީސް ނަޝީދަށް އިންސާފު ގާއިމް ކޮށްދިނުމުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި އެކަމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގައި ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ ފަރާތްޕުޅުން ރައީސް ނަޝީދުގެ މައްސަލައިގައި ހާއްސަ މަންދޫބަކު އައްޔަނު ކުރައްވައި އެމައްސަލަ ހިނގައިދިޔަ ގޮތުގެ ތަފްސީލީ ރިފޯޓެއް ވަނީ އެކުލަވާލައިފައެވެ. އެރިޕޯޓްގައި ވާ ގޮތުން، ސަރުކާރުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: