ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒު އިދިކޮޅު ޕާޓީ ތަކާއި “ސައްލާ” ކުރާ ވާހަކަ ޖޭޕީން ދޮގުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު: ފޮޓޯ މިނިވަން ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ މަޝްވަރާތަކެއް އިދިކޮޅު ޕާޓީއަކާއި އެކު ކުރެވެމުންދާކަމަށް ބުނެ އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ދައްކަވަމުންދާ ވާހަކަތައް ޖޭޕީގެ ތަރުޖަމާނު އަދި އެންވައިރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ އަލީ ސޯލިހު ދޮގުކުރަށްވައިފިެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަށްވާ ފައްޔާޒު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އެކުގައި ހުންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއަކާއި މެދު ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވި އެހެން ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ޖުމުހީރީޕާޓީއިން ޝައުގުވެރިކަމެއް ނުދެއްވާނެ ކަމަށެވެ. އަދި ގާސިމް އާއި ފައްޔާޒުވަނީ ގިނަ މަސައްކަތްތަކެއް އެކުގައި ކުރަށްވާފައިކަން ފާހަގަ ކުރަށްވާ ސޯލިހު ވިދާޅުވީ ބީރައްޓެއްހިންނަށް ނުވާހިނދު ދެބޭފުޅަކު ތަނައްގައި ހުންނެވައިގެން ވާހަކަދެއްކަވުމަކީ ކެމްޕެއިންއަކާއި ގުޅުން ހުރި ކަމެއްގެ ގޮތުގައި ނުބެލޭނެކަމަށާއި ފައްޔާޒު އަދި ގާސިމް އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި މެދު “ސައްލާ” ކުރި ވާހަކަ ތަކަކީ ސައްހަ ވާހަކަ ތަކެއް ނޫން ކަމަށެވެ.

ޕޮލިޓިކްސްގައި މަސައްކަތް ކުރަށްވާ އިރު ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތް ނަމަ ދެން އުޅުއްވަންޖެހޭނީ އަނެކާގެ މަސްކައިގެންކަން ފާހަގަކުރަށްވަމުން ސޯލިހު ވިދާޅުވީ އާއްމު ވެގެން އުޅޭ ފޮޓޯއާއި ޖޭޕީއަށް ލިބިފައިވާ ފޮޓޯއާއިވެސް ތަފާތުކަމަށެވެ. އަދި ސިޔާސީ ބޭފުޅުންނަކީ ވާދަވެރިކަމުގެ ތެރޭގައިވެސް އެކަކު އަނެކަކާއި މަޝްވަރާކުރެވޭނެ ބޭފުލުންނަށް ވާން ޖެހޭނެ ކަމަށާއި ޖޭޕީ އިންވެސް ބޭނުން ވަނީ އެކުގައި މަސައްކަތް ކުރެވޭނެފަދަ ޕާޓީތަކެއް ރާއްޖޭގައި އުފެދިފައިވުން ކަމަށް އިޝާރާތްކުރަށްވާ އެނާ ވިދާޅުވީ 2018ގައި ވެގެންދިއަ ފަދައިން ގަންޑެއްގައި ސޮއި ކުރެއްވުމަށް ފަހު ސޮއި ކުރެއްވިކަން ހަންދާން ހުންނެވި ޗެއަރޕާސަންއަކާއި އެކުގައި މަސައްކަތް ކުރަށްވުމަށްވުރެން އިހްލާސްތެރިކަމާއިއެކު މަސައްކަތްތައް ކުރަށްވާ ބޭފުޅުންނާއިއެކު ކަންކަން ކުރިއަށް ގެންދަވަން ފަސޭހަވާނެ ކަމަށެވެ.

މީގެ އިތުރުން މި ފުރުސަތުގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަންއެއް ހަދަން ޖެހިއްޖެ ހާލަތުގައި، އެމްޑީޕީގެ ފަރާތުން ޖޭޕީ ކައިރިއަށް އަންނާނެ ކަމާއިމެދު ޝައްކެއްވެސް ނެތްކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކާއި މެދު ވާހަކަދައްކަވަމުންދާ އިރު ކުރިމަގުގައިވެސް އެކުގައި މަސައްކަތްކުރަން ޖެހިދާނެ ކަން ހަންދުމަކޮށް އިހްތިރާމާއި އެކު ވާހަކަ ދައްކަން ނޭންގޭ ނަމަ އެފަދަ މޭރުމުން ވާހަކަތައް ނުދައްކަން އެނާ ވަނީ އިލްތިމާޒް ކުރަށްވާފައިއެވެ.

ސޯލިހު މިހެން ވިދާޅުވީ އިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރައްތަކަށް ދިއުމަށް ފަހު، އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ކެމްޕެއިން ދަތުރުތައް ނިންމަވާލައްވާފައި “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުން މާލެ ސިޓީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް އިމްތިޔާޒުވަނީ، އެނާގެ އިތުރުން ވާދަކުރަށްވާ ފައްޔާޒު އިސްމާއިލްއަށް ނުސީދާގޮތަކަށް އަދި ސީދާކޮށް ބަހުގެ ހަމަލާތަކެއް ރައްދުކުރަށްވާފައިއެވެ. އެހެންކަމުން ފައްޔާޒު ގާސިމުއާއިއެކު ހުންނެވި ފޮޓޮއެއް އާއްމުވެފައިވާކަން ފާހަގަކުރަށްވާ އިމްތިޔާޒު ވިދާޅުވީ، އެތެރޭގެ އިންތިހާބަކާއި މެދު އިދިކޮޅުޕާޓީ ތަކާއި “ސައްލާ” ކުރާ ނަމަ އެކަމުގެ ސަބަބުން އެމްޑީޕީގެ އަސާސްތައް ފުނޑުފުނޑުކޮށްލަން އެ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި “ވާދަވެރި ކެނޑިޑޭޓް” އާއި ގުޅުންހުރި ކުންފުންޔަކަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ މުއައްސަސާއަށް ހުށައެޅިފައިވާ ކަމަށާއި، “ވަގު” ކޯޓާއެއްގެ ދަށުން “ވަގަށް” ރާއްޖެއަށް ބިދޭސީންތަކެއް އެތެރެ ކުރުމުގެ ތުހުމަތުގައި އިމިގްރޭޝަންގެ ފަރާތުންވެސް ފުލުހުންނަށް މައްސަލަ ހުށައެޅިފައިވާ ކަމަށެވެ. ނަމަވެސް ނުފޫޒު ފޯރުވާ މިމައްސަލަތައް އޮއްބާލައިފައިވާ ކަމަށް އިމްތިޔާޒު ވަނީ އިޝާރާތް ކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: