ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތި އަށް ވޯޓުދީ ކޯލިޝަން ސަރުކާރަށް ނޫނެކޭ ބުނޭ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަން ސަރުކާރަށް ނޫނެކޭ ބުނެ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ވޯޓުދިނުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ  (އިންތި) ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވަމުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވީ އިންތި އާއި އޭނާގެ ޓީމުގެ މަސައްކަތްތައް ފެނި މި އިންތިހާބު އިންތި ކާމިޔާބު ކުރާނެ ކަމާ މެދުގައި އޭނާގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އިބްތިގެ ޓީމަކީ ގަދަ ޓީމެއް، ކަމުގައި ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ގާތް މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ އެމްޑީޕީ އެންމެން ނުކުމެ އިންތިއަށް ވޯޓް އަޅާ ވޯޓް ފޮށި ފުރާލުމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިންތި އާ ވާދަކުރައްވަނީ މި ސަރުކާރުގެ  އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ އިންތިހާބުގެ ކެމްޕޭން ދެ ބޭފުޅުން ވެސް ވަރުގަދައަށް ކުރައްވަމުން ގެންދަވާއިރު، ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި އަރައިރުން ބޮޑުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ޗެއަރޕާސަން އިންތިހާބާއި އެކު ޕާޓީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަނަކާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ. ޗެއަރޕާސަން އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުވެސް ކުރިއަށް ދާނެ ކަމުގައި އެމްޑީޕީ އިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: