ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި ތިބި ދިވެހިން ސަމާލުވުމަށް އިލްތިމާސް ކުރުމުގެ އިތުރުން އެހެން ފިޔަވަޅެއް ނާޅަން: ފޮރީން މިނިސްޓްރީ

ލަންކާގެ ހާލަތު އިންތިހާއަށް ވަނީ ގޯސްވެފައި/ ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް ސްޓޭޓް އޮފް އެމެޖެންސީ އާއި ގުޅިގެން ސަމާލުވުމަށް އިލްތިމާޒް ކުރުމުގެ އިތުރުން މިވަގުތު އެހެން ފިޔަވަޅެއް އެޅިފައިނުވާކަމަށް ފޮރީން މިނިސްޓްރީން ބުނެފިއެވެ.

ސްރީ ލަންކާގެ އިގްތިސާދީ ހީނަރުކަމާ އެކު އާންމު ދިރިއުޅުމަށް ދަތިވުމުން ރައްޔިތުން ފެށި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު، މިހާރު މި މުޒާހަރާތައް ވަނީ ތަޅާފޮޅުމާއި ހުޅުޖެހުމަށް ބަދަލުވެފައެވެ.

ލަންކާގެ ހާލަތު ނުރައްކާވުމާ އެކު ގައުމުތަކުން މިހާރު ދަނީ އެ ގައުމުތަކުގެ މީހުން ސްރީ ލަންކާގައި ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރަމުންނެވެ. މަގުމައްޗަށް ނުނިކުތުމަށާއި މުހިންމު ނޫން ދަތުރުތައް ލަންކާއަށް ނުކުރުމަށް ވެސް އަންނަނީ އެދެމުންކަން ފާހަގަކޮށްލެވެއެވެ. މިފަދައިން ދިވެހި ސަރުކާރުންވެސް ވަނީ ލަންކާގައި ތިބި ދިވެހި ރައްޔިތުންނަށް މިގޮތަށް އިލްތިމާޒް ކުރައްވާފައެވެ. މި ހާލަތުގައި ސްރީ ލަންކާގައި ވަނީ ކާފިއުގެ ހާލަތު އިއުލާން ކުރެވިފައިކަންވެސް ފާހަގަކޮށްލެވެއެވެ.

އަވަށްޓެރި ސްރީ ލަންކާއަކީ ރާއްޖޭގެވެސް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން ގެންދާ ގައުމެއްކަމުން އެ ގައުމުގައި ދިރިއުޅޭ ފަރާތްތަކުގެ އާއިލާތަކުން އަންނަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ފަރާތްތަކަށް ޒަރޫރީ ބޭނުންތަކުގައި ދަތިތަކާއި ކުރިމަތިވަމުން ދާނެކަމާއިމެދު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި ފޮރީން މިނިސްޓްރީ ބުނެފައިވަނީ ސްޓޭޓް އޮފް އެމެޖެންސީ އާއި ގުޅިގެން ސަމާލުވުމަށް އިލްތިމާޒްކުރުމުގެ އިތުރުން އެހެން ފިޔަވަޅެއް މިވަގުތަށް އަދި އެޅިފައިނުވާކަމަށެވެ.

މިއަށްވުރެ ނުރައްކާތެރި ހާލަތެއް ސްރީލަންކާއަށް ކުރިމަތިވެ ދިވެހި ރައްޔިތުން ނުރައްކަލަށް ވެއްޓިދާނެތީ އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅެއް އަދި ނެތްކަމުގައި ދޭހަވާފަދަ ގޮތަކަށް ފޮރީން މިނިސްޓްރީން ދީފައިވާ ޖަވާބުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: