ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރަމްޒުކަމުގައިވާ ތިލަފަތްވެސް ހަމަހަމަ ކުރަން ޖެހެނީ ޕީޕީއެމް: ރައީސް ޔާމީން

ވިލިމާލޭގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރަމްޒްކަމުގައިވާ ތިލަފަތްވެސް ހަމަހަމަ ކުރަން ޖެހެނީ ޕީޕީއެމްއަށްކަމުގައި އިދިކޮޅުގެ ލީޑާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ވިލިމާލެ ދައިރާގެެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވެފައިވުމާއިއެކު ބައި އިލެކްޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިލިމާލޭގައި މި ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓު ފާތިމާތް ނާޘިމާގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައީސް ޔާމީން ވަނީ މި ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ތިލަފަތުގެ ރަމްޒްގެ މީޒާން ދައްކައިގެން ވެރިކަމަށް އައި ބަޔެއްކަމަށެވެ. އަދި އަދުލު އިންސާފުގެ ދާއިރާވެސް މިނިވަން ދާއިރާއަކަށް ވެގެންދާނެކަމުގައި ބުނީ އެބޭފުޅުންކަމަށާއި ނަމަވެސް ފުލުހުންގެ އިދާރާވެސް ވެފައިވަނީ ސިޔާސީ އިދާރައަކަށްކަމުގައި ޔާމީން ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު އެމަނިކުފާނުގެ ރައީސްކަމުން ވަކިވިއިރު، އޭގެ ޖެހިގެން އޮތް ދުވަހާއި ހަމައަށް ވެރިކަމުގައި ހުންނެވިނަމަ މުޅި ދިވެހި ރާއްޖޭގެ ފަނޑިޔާރުގޭގައި ތިބި ހުރިހާ ފަނޑިޔާރު ވަކިކުރުމަށް ނިންމި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނިންމާފައި އޮތީ ހަމައެކަނި އެބޭފުޅުންގެ އަމުރުތަކަށް ތަބާވާނޭ ފަނޑިޔާރުން މަގާމުތަކަށް އައްޔަން ކުރެއްވުމަށްކަމުގައި ފާހަގަކުރެއްވިއެވެ.

ތިލަފަތުގެ ރަމްޒާއި މުޅިން ހިލާފަށް ޖުޑިޝަރީގެ ތެރެއަށް އަތާއި ފައިވެސް ބާނަނީކަމުގައި ޔާމިން ވިދާޅުވިއެވެ. އަދި އެެއްވެސް ކަމެއް އަދުލުގެ މިންގަނޑުން ފަނޑިޔާރުންނަށް ދޫކޮށްލަން ބޭނުންނުވާކަމުގައި ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ގާނޫނާއި ގަވާއިދު ދޫކޮށްލައި ސަރުކާރުން ބުނާ ގޮތަށް ފަނޑިޔާރުންނަށް އަމަލު ނުކުރެވޭނެކަމަށެވެ.

ތިލަފަތުގެ އެއްކޮޅުގައި އިންނެވީ ރައީސް ސާލިހުކަމަށާއި، އެނެއްކޮޅުގައި އިންނެވީ ކުރީގެ ރައީސް ނަޝީދުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: