ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި ގެކޮޅަށް ސްޕްރޭ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީސް ދޮރަށް ސްޕްރޭ ކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގެ ދޮރުމައްޗަށް، ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ފޮޓޯ ހިމެނޭ ކުރެހުމަކާއެކު ސްޕްރޭ ކޮށްފައި ވާއިރު، އެ ކުރެހުން ޔާމީންގެ ގެކޮޅުގެ މައި ދޮރާއި ގަރާޖުގެ ގޭޓުގައި ވެސް ވަނީ ސްޕްރޭ ކޮށްފައެވެ.

ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެއްސާއި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެމަނިކުފާނު ހައްޔަރުކުރަން ގޮވައިލައި އަޅާފައި ވަނީ “އެރެސްޓް ޔާމީން އަބުދުލް ގައްޔޫމް” ޖަހާފައިވާ ލިޔުންތަކެކެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި މީގެ ހަފްތާއެއް ކުރިން ވެސް އެމަނިކުފާނުގެ ގެކޮޅު ކައިރީ ގްރޫޕަކުން މުޒާހަރާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: