ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ އއ. އުކުޅަސް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، އދ. ދިގުރަށް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއެވެ.

އުކުޅަސް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުން ކުރުމާއި، 489 މީޓަރ ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން، 69 މީޓަރ ރިވެޓްމެންޓް ޖެހުން، 264 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 264 މީޓަރ އެއްގަމު ތޮށި ޖެހުން، 3މ ފުޅާ ކޮންކްރީޓް ބްރިޖް ހެދުން، 130މ ދިގު އަދި 2މ ފުޅާ ކޮންކްރީޓް ޖެޓީ ހެދުން އަދި 10 މަގު ބައްތި ހަރުކުރުމާއި 955.00 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ. މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 365 ދުވަހެވެ.

އދ. ދިގުރަށު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫގެ ދަށުން ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުން، ރިވެޓްމެންޓް ޖެހުން، ސްކޯރިންގ އެޕްރޮން ޖެހުން، 02 ނެވިގޭޝަން ލައިޓް ހަރުކުރްން، 294 މީޓަރ އެއްގަމު ތޮށި ޖެހުން، 08 މޫރިންގ ބޮއި ހަރުކުރުން، ރޭމްޕް ހެދުން، ކޮންކްރީޓް ޖެޓީ ހެދުން އަދި މަގު ބައްތި ހަރުކުރުން ހިމެނެއެވެ. 53 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 570 ދުވަހުން ނިންމުމަށް ދީފައިވާ މަޝްރޫއެކެެވ.

ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 362 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 105 މީޓަރ ރިވެޓްމެންޓް ޖެހުން، 54 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 312 މީޓަރ އެއްގަމު ތޮށި ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، ރޭމްޕް ހެދުން، 15 މަގު ބައްތި ހަރުކުރުން އަދި 1508.90 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ. 475 ދުވަހުގެ ތެރޭގައި ނިންމުމަށް ދިފައިވާ މި މަޝްރޫއަކީ 59.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: