ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިންޒާރު ދިނުމުގެ އެންމެ އަޑީގައި ހުރީ ރައީސް ސޯލިހް: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރުދީ، އެމަނިކުފާނު ނުރައްކަލަށް ހުށަހެޅުމުގެ އެންމެ އަޑީގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވާފިއެވެ.

އަދުރޭ މިހެން ވިދާޅުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގާ ހިންގާ ޓްވިޓާ އެކައުންޓަކުން ރައީސް ޔާމީން “ސައިޒްކުރާނެކަމަށް” ބުނެ އިންޒާރުދީފައިވާތީއެވެ. އަދި އޭގެ ފަހުން އެނެއްކާވެސް ރައީސް ޔަމީން ދިރިއުޅުއްވާ ގެކޮޅަށް ސްޕްރޭ ޖަހާފައިވާކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންނާއި އެމްއެންޑީއެފްއަށް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާކަމަށާއި މިއީ ކަންބޮޑުވާކަމެއްކަމުގައި އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަމިއްލަ މައްސަލައެއް ރޭގެ ވަގުތެއްގައި އެ އިދާރާއަށް ހުށަހެޅިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިހާރު އަންނަނީ ދައުރުން ބޭރުން ކޮމެޓީ ބައްދަލުވުމެއް ބާއްވާ އެމައްސަލަ ބެލުމަށް ތައްޔާރުވަމުން ކަމަށެވެ. އަދި އޭނާ ވިދާލުވީ މި ފަދައިން ވަށައިގެން މި ހިގާ ކަންތައްތަކުން އެގެނީ މި ސަރުކާރުން ރައީސް ޔާމީނާއި ދޭތެރޭ ވަރަށް ބޮޑަށް އިހުމާލުވެއްޖެކަމުގައިކަމެވެ. އަދި އެ މަނިކުފާނުގެ ސެކިއުރިޓީއަށް އިސްކަމެއް ނުދެއްވާކަމުގައި ފާހަގަކުރައްވާ ވިދާޅުވީ އެވާހަކަތައް އގޮތަށް އެ ދައްކަވަނީ ކަންބޮޑުވުން އޮތީމައިކަމަށެވެ،

އަދުރޭ ވިދާޅުވީ, ރައީސް ޔާމީނަށް މި ސަރުކާރުން ދެމުންދާ އަނިޔާ އާއި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް މި ސަރުކާރުން އަޅާލުމެއް ނުދިނުމާއި، އެމަނިކުފާނަށް ދިމާވާ ކަންކަމާ ދޭތެރޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުން ހިމެނޭހެން ހުރިހާ ކަމަކާ ދޭތެރޭގައި ވެސް އެކޯލިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށެވެ.

އަދުރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ މިކަމަކީ ރައީސް ސާލިހު އަޑީގައި ހުންނަވައިގެން ޑިފެންސް މިނިސްޓާ މާރިޔާ ދީދީ ލައްވާ ކުރުވާފައިވާ އަދި ކުރުވަމުންދާ ކަންތައްތަކެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: