ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ބަހުސްގެ ޕޯލް ކާމިޔާބު ކުރެށްވީ ފައްޔާޒު

އިމްތިޔާޒް ފަހުމީ އަދި ފައްޔާޒު އިސްމާއިލް: ފޮޓޯ/ ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ޗެއަރޕާސަންގެ ބަހުސްގައި އެންމެ ރަނގަޅު ޕާފޯރމެންސެއް ދެއްކެވީ ވާދަވެރި ކެންޑިޑޭތް އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ކަމަށް ސަންގުޓީވީގެ ފަރާތުން ނެގި ޕޯލަކުން ދައްކައިފި.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަންގުޓީވީގެ ފަރާތުން އިންތިޒާމު ކުރި އެމްޑީޕީޗެއަރޕާސަންގެ ބަހުސްގައި އެންމެ ރަނގަޅު ޕާފޯމެންސްއެއް ދެއްކެވީ ފައްޔާޒު ކަމަށް ވޯޓު ދެއްވި ފަރާތްތަކުގެ 82 އިންސައްތަ ބުނެފައިވާ އިރު، މާފަންނު އުތުރު ދަޢިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގަތީ 18 އިންސައްތަ ވޯޓެވެ.

ސަންގުޓީވީއިން އިންތިޒާމު ކުރި ބަހުސްގައި ދެ ކެންޑިޑޭޓުންވެސް ތައާރަފްވުމަށް ފުރުސަތު ދިނުމަށް ފަހުވަނީ އެ ބޭފުޅަކު ހުށައަޅާފައިވާ މެނިފެސްޓޯތަކާއި މެދު ސުވާލު ކުރެވިފައިއެވެ. އަދި އެއްފަހު ދެފަރާތާއި މެދު ކުރެވެމުންދާ ތުހުމަތު ތަކާއި މެދު ރައްދި ދުނުމަށް ވަނީ ފުރުސަތު ތަކެއް އެރުވިފައިއެވެ. ބަހުސް ނިންމާލީ ދެފަރާތުންވެސް އިތުރަށް ހިއްސާ ކުރަށްވަން ބޭނުންވެލައްވާ ވާހަކަތަކަށް އިއްވުމަށް ފަހުއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު މޭ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ދެ ކެނޑިޑޭޓުންވެސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަކަށް ދަތުރުކުރަށްވާ ތާއީދު ހޯދެވުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފައިކަން ފާހަގަކޮށްލެވެއެވެ. މި އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައިވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައިކަންވެސް ފާހަގަކޮށްލެވެއެވެ. އުފެދިފައިވާ ކޯޅުމުގެ ތެރޭގައި ދެ ކެމްޕެއިން ޓީމަށް ނިސްބަތްވާ މެމްބަރުންގެ ދޭތެރޭ ބަހުގެ ހަމަލާތައް ދެވެމުންދާ އިރު، ފައްޔާޒުގެ ޓީމުގައި ތިއްބަވާ ފަރާތްތަކަށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުތައް ރައްދިވަމުންދާ އިރު، އިންތިގެ ޓީމަށް ވަނީ، އެމްޑީޕީއަށް ގަސްތުގައި 2023ގެ ރިޔާސީ އިންތިހާބު ގެއްލޭ ފަދައިން އަމަލުކުރެށްވުމުގެ ތުހުމާތާއި، އެތެރޭގެ އިންތިހާބެއް ކާމިޔާބުކުރުމުގެ މަގުސަދުގައި ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢތައް ގަސްތުގައި ލަސްކޮށް ސަރުކާރު ނާގާބިލް ކަމަށް ދައްކުވައިދޭން މަސައްކަތްކުރުމުގެ ތުހުމަތުތައް ކުރެވިފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: