ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމައިފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމައިފި އެވެ.

އެކުންފުނިން ބުނީ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާއަކަށް 65ރ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އިއްޔެ ކަމަށެވެ. ހިއްސާއަކަށް ބަހާނެ މިންވަރު ކަނޑައެޅި ނަމަވެސް އެ އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްގެންނެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ނިންމި އިރު، މިއީ 2020 ގައި ހިއްސާއަކަށް ބެހި މިންވަރާ އަޅާބަލާއިރު، 5ރ. އަދަދެކެވެ. އެކުންފުނިން 2020 ވަނަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ. އަދި 2019 އާއި 2018 ގައި ހިއްސާއަކަށް ބެހީ 58ރ. އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުިފޔާ ލިބުނު އިރު، މިއީ ކުރީ އަހަރާ އަޅާބަލާ އިރު، 33 ޕަސެންޓްގެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: