ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކުންފުނިތައް ބަނގުރޫޓުވާ ސަބަބު އޯޑިޓް ކުރަން ޖެހޭ: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ސަބަބުން ސަރުކާރުގެ ބައެއް ކުންފުނިތައް ބަންގުރޫޓުވާ ހާލަތައް ގޮސްފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާއި ގުޅުވައި ސަރުކާރުގެ ބަައެއް ކުންފުނި ތައަށް “ބަނގުރޫޓުވާ” ވޮރުކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވާ ނަމަ ދިވެހި ރާއްޖޭގެ މާލިއްޔާތު ނެތިވެ، “ބަނގުރޫޓޫ” ވެދިއުމުގެ އިތުރުން ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންގޮސްދާނެ ކަމަށް ވުމުން ވޯޓުލުމަށް ހާޒިރުވާ ރައްޔިތުންގެ އަދަދު ދަށަށް ގޮށްދާނެ ކަމަށެވެ. އެހެންކަމުން ކުންފުނި ތަކުގެ އޮޑިޓެއް ހެދުން މުހިއްމު ވެފައިވާ ކަމަށް އެނާ ވަނީ ފާހަގަ ކުރަށްވާފައިއެވެ.

އާދަމް ޝަރީދް މިފަދައިން ވިދާޅުވެފައިވާ އިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން އިންތިގެ ލީގަލް ޓީމުން ހުށައަޅާފައިވާ މައްސަލަ ތަކުގެ ތެރޭގައި ފައިސާ ބެހުމުގެ ޝަކުވާވެސް ހިމަނެފައިވެއެވެ. އެހެންކަމުން އިންތިގެ ވަކީލު މީޑިއާތަކާއި ހިއްސާ ކުރަށްވާފައިވާ ގޮތުން، ފައްޔާޒުއަށް ވޯޓުލެއްވުމަށްޓަކައި ފޮށިތައް ބެހެއްޓިފައި ހުރި ސަރަހައްދުގައި ބައެއް ފަރާތްތައްވަނީ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިއެވެ.

މޭ 14 ގައި ބޭއްވި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރެއްވި އިރު، ދެން މަގާމަށް ވާދަ ކުރެއްވި ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރުގެ ލީގަލް ޓީމުން ވަނީ އިންތިހާބާއި ގުޅޭ އެތައް މައްސަލަތަކެއް މީޑިއާތަކާއި ހިއްސާ ކުރައްވާފައިއެވެ. އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު ނޫސްވެރިންނާއި ބައްދަލުކޮށް ލީގަލް ޓީމުގެ ފަރާތުން އިންތިގެ ވަކީލު ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް ނިސްބަތްވާ އެތައް ވަސީލަތެއްގެ ނާޖާއިޒް ފައިދާ މި އިންތިހާބު ތެރޭގައި ނަންގަވާފައިވާކަމަށެވެ. ފައްޔާޒުއަށް ވޯޓު ލައްވަން ސަރުކާރުގެ އުޅަނދުތަކުގައި އެކި ފަރާތްތައް ވޯޓުލާ މަރުކަޒުތަކަށް ގެނެސްފައިވާކަމަށް އެ ޓީމުން ވަނީ ފާހަގަކުރަށްވާފައިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: