ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ހިދުމަތެއްގެ ގޮތުގައި ފޮރިން ސާވިސްއ ގާއިމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ވަކި ހިދުމަތެއްގެ ގޮތުގައި ފޮރިން ސާވިސްއެއް ގާއިމު ކުރަށްވައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުވުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ޢަބްދުﷲ ޝާހިދު ހިތާބެއްދެއްވާ ވިދާޅުވީ ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސަރވިސްއެއް ޤާއިމްކުރެވުމުން އެފަދަ ހިދުމަތްތައް ދެއްވުމުގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ފޮރިން ސަރވިސް އަކީ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފަސްޓް ލައިން އޮފް ޑިފެންސް ގޮތުގައި ތިއްބަވަންޖެހޭ ބައެއްކަން ފާހަގަކުރަށްވައި އެ މަނިކުފާނު ވިދާޅުވީ އެ ހިދުމަތުގެ އެންމެ އިސް ވާޖިބަކީ މި ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދަމަހައްޓައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޤައުމީ ސިޔާސަތުތަކަށް އިޙުތިރާމު އިތުރުކޮށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުން ކަމަށެވެ.

ދިވެހި ޚާރިޖިއްޔާއިން މިމަސައްކަތްތަކުގައި ދެގޮތެއް ނުވެ އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބެންޖެހޭނެކަމަށް ފާހަގަކުރަށްވާ މިިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހި ޚާރިޖިއްޔާއަށް ވޭތުވެދިއަ 128 އަހަރުތެރޭގައި ލިބިފައިނުވާ ފަދަ ކާމިޔާބީތައް މި ވެރިކަމުގައި ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލް އަޤްވާމީ މައިދާނުގައި ލިބިގެންދިއަ ބޮޑު ކާމިޔާބީއެއްކަމަށް އިޝާރާތް ކުރަށްވާ އެ މަނިކުފާނު ވިދާޅުވީ މި ފަދަ ފޮނި ނަތީޖާތަކެއް ފެނިގެންމިދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުންނާއި ދިވެހި ޚާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ދިވެހި ރާއްޖޭގެ ޚާރިޖީ ދާއިރާގެ ތެރޭގައި ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ތަމްރީނުކޮށް ބިނާ ކުރުރުމަށް އަބަދުވެސް އިސްކަން ދެއްވާކަން ފާހަގަކުރަށްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ އެ މަނިކުފާނު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފެށްޓެވިއިރު އެ މުއައްސަސާގައި ތައުލީމީ ބޭފުޅެއްގެ ގޮތުގައި ހުންނެވީ އެންމެ ތިން މުއައްޒިފެއްކަމަށެވެ. އަދި މިއަދު އެ މިނިސްޓްރީގައި މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ތިއްބެވި 79 މުއައްޒިފުން ތިއްބެވީތީ  އެ މަނިކުފާނު ފަހުރުވެރިވެލައްވާކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަ ކުރަށްވާފައިއެވެ.

ދިވެހި ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާއިރު ދިވެހި ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާކަން ފާހަގަކުރަށްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ އެމުވައްޒަފެއްގެ ހިންމަތާ މިންނަތް މަސައްކަތުން ޚާރިޖީ ދާއިރާގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދިއުމަކީ ދިވެހި ފޮރިން ސަރވިސްގެ އެންމެ މުހިންމު އެއް ސިފަކަމަށެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގައި ވަކި ހިދުމަތެއްގެ ގޮތުގައި ފޮރިންސާވިސްއެއް ތަންފީޒު ކުރުމުގެ އުފާވެރި މުނާސަބަތުގައި މިނިސްޓަރ ޝާހިދުވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައިއެވެ. އަދި ރާއްޖޭގެ ހާރިޖީ މަސައްކަތްތަކަކީ ވަކި ސަރވިސްއެއްގެ ދަށުން ކުރިއަށް ގެންދަންވާ މަސައްކަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ތަޞައްވަރުކުރައްވާ ދިވެހި ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލު(ނ.ޢ.ޢ.ވ)ގެ ނަންފުޅު ޚާއްސަކޮށް މިނިސްޓަރ ޝާހިދުވަނީ އެމަނިކުފާނުގެ ޛިކުރާ އާކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ﷲ ޞުބުޙާނަހޫ ވަޠަޢާލާ ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކުރަށްވާ ކަމަށް ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: