ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޅަދޫ ގިރަން ދިމާވީ، ސިކުނޑިއެއް ނެތްބަޔަކުވެގެން ބަނދަރެއް އެޅުވީމައި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޮޅަދޫގައި ބަނދަރެއް އެޅުމާއި ގުޅިގެން ރަށް ގިރަން ފަށާފައިވުމުން އެ ބަނދަރު އެޅުމަށް ބާރުއެޅުއްވީ ކޮންބޭފުޅެއްތޯ ސުވާލުކުރްވާ، ރަށް ގިރަން ދިމާވި ސަބަބަކީ ބަނދަރު އަޅަން ބާރުއެޅުއްވި ބޭފުޅެއްގެ ސިކުނޑިއެއް ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިއަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މޮޅަދޫގެ ރަށް ގިރުމަށް ދިމާވާ ސަބަބާއި މެދު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިދާއު، ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ އެ މިނިސްޓްރީއަށްވެސް ފާހަގަކުރެވިފައިވާ ގޮތުގައި ރަށް ގިރަން ދިމާވެފައިވާ އެންމެ ބޮޑު ސަބަބަކީ އެ ރަށުގައި ބަނދަރެއް އެޅުުން ކަމަަށެވެ. އަދި ރާއްޖޭގައި ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމުގެ ގާބިލުކަން ހުރި ކުންފުނިތައް މަދު ކަމަށް އިޝާރާތް ކުރަށްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ އެމާޖެންސީ ހާލަތުގައި މިފަދަ ކަމެއް ހައްލު ކުރަން އެންމެ ފަސޭހަ ގޮތަކީ ތަނުގައި ތިއްބަވާ ބަޔަކަށް ފެންނަ ގޮތަކަށް މަސައްކަތްތަކެއް ކުރުން ކަމަށެވެ. އަދި އީއައިއޭ އިން އެކަމަށް ހުރަހެއް ނުވާނެ ކަމަށްވެސް އަސްލަމް ވަނީ ފާހަގަކުރަށްވާފައިއެވެ.

އަސްލަމްގެ ވާހަކަފުޅާއި ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ މޮޅަދޫއަކީ ރީތި ރަށެއްގެ ގޮތުގައި ފާހަގަކުރަށްވާފައިއެވެ. މޮޅަދޫގައި ބަނދަރެއް އެޅުމަށް ބާރުއެޅުއްވީ ކޮންބޭފުޅެއްތޯ ސުވާލުކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ މޮޅަދޫގެ ފަޅުތެރެއަށްވާގޮތަށް އޮތް ޖޭޓީއެއްވާނެ ކަމަށެވެ. އަދި އެރަށުގައި ކުރަން ޖެހޭ މަސައްކަތަކީ އެ ޖެޓީ ވަރުގަދަކުރުން ކަމަށް އިޝާރާތްކުރަށްވާ އެ މަނިކުފާނު ވިދާޅުވީ، ރަށް ވަށައިގެން ވެލި ނޭނބުރޭނެ ފަދައިން ބަނދަރެއް އެޅިފައިވަނީ ކޮންމެވެސް ފަރާތެއްގެ “ތަނަވަސް” ހިޔާލުތަކެއްގެ ސަބަބުން ކަމަށާއި، އެހެންކަމުން ހަގީގަތުގައި ރަށް ގިރަން ދިމާވެފައިވާ ސަބަބަކީ އެކަން ކުރަށްވަން ބާރުއެޅުއްވި ބޭފުޅެއްގެ “ސިކުންޑިއެއް ނެތީ” ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައިއެވެ.

“އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ފާހަގަކޮށްލަން ބޭނުނުް މޮޅަދޫގައި ބަނދަރެއް ހަދަން ބާރުއެޅީ ކޮންބޭފުޅެއްތޯއޭ، މޮޅަދޫ އަކީ ވަރަށް ފަޅުބޮޑު ރީތި ފަޅެއް އޮންނަ ވަރަށް ރީތި ރަށެއް، ބޮޑު ފަޅެއް އޮންނަ، ދެން އެތަނުގައި އަޅުގަނޑު ހަނދާންވާގޮތުގައި އަޅާފައި އިނީ އެފަޅަށް އިންނަ ޖެޓީއެއް، އެޖެޓީ އަޅުގަނޑުމެން ވަރުގަދަ ކުރާން މިޖެހެނީ، އޭގެ ބަދަލުގައި ކޮންމެވެސް ތަނަސް ހިޔާލެއް މެދުވެރިވެގެން އެރަށުގެ ވަށައިގެން ވެލި ނޭނބުރޭނެ ގޮތް ހެދުމަށްޓަކައި ބޮޑު ބަނދަރެއް މޮޅަދޫގައިވެސް ހައްދަވައިފި، އެއީ ކޮންމެވެސް ބޭފުޅެއްގެ ތަނަވަސް ހިޔާލުގައި އެކަން ކުރައްވާފައި ވާނީ، މިކަހަލަ ކަންކަން ދިމާވަނީ ކީއްވެގެންތޯ، މިވަގުތު ގޯންޏެއް ނެތިގެންތޯ، ވެލިކޮޅެއް ނެތިގެންތޯ، ހަގީގަތުގައި މައްސަލަ ދިމާވެގެން މިއުޅެނީ ސިކުނޑިއެއް ނެތީ، އަޅުގަނޑުމެން އެންމެނަށް ވެސް އެބައެނގޭ މިވަމުންދާ ގޮތް، ކޮންމެ ރަށަކަށް އެބައެނގޭ، މިތަނުގައި އިއްޒަތްތެރި މެމްބަރުން ބާރުއަޅުއްވައިގެން އިއްޒަތްތެރި ވަޒީރު ލައްވާ އެކި އެކި ރަށްރަށުގައި އެކި އެކި ކަންކަން ކުރަމުން އެބަގެންދޭ، ކުރަމުން ދިއައިމާ ދިމާވާ ކަންކަން އިއްޒަތްތެރި ވަޒީރު އެ ފާހަގަ ކޮށްދެއްވަނީ” ރައީސް ނަޝީދު

މިފަހަކަށް އައިސް ދުނިޔޭގެ އަދި ހާއްސަކޮށް ރާއްޖޭގެ ތިމާވެށްޓަށް އެކި ނޭދެވޭ އަސަރުތައް ކުރާ ކަންކަމާއި ގުޅުވައި އެކި ފުރުސަތުތަކުގައި ރައީސް ނަޝީދު ފާޑުވިދާޅުވަމުންދާކަން ވަނީ ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި ބަނދަރު ހެދުން، ބޮޑުހިލަ ޖެހުން އަދި ފަޅުތައް ހިއްކުމާއި ދެކޮޅަށްވެސް ރައީސް ނަޝީދު ދެކޮޅުހައްދަވާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އެ މަނިކުފާނު ވަނީ ބަނދަރުތައް ހަދާ ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލޭނެ ފަދަ މަސައްކަތްތައް ކުރުމާއި ދެކޮޅަށް ހުންނެވިކަން ހާމަކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: