ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ ގަމު ތުނޑި އަވަށު ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކް ޖެއްސުން ކުރިޔަށް!

ޝެއާރކޮށްލާ ކަހަލަދޯ؟
ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކް ޖެއްސުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މަސައްކަތްތާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީން ބުނީ، މިހާރު ކުރިޔަށް ދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓު ބްލޮކް ޖެއްސުމުގެ މަސައްކަތް ކަމަށެވެ.

 

މި މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށި ލުމާއި 310 މީޓަރުގެ ސަރަހަައްދުގައި އެއްގަމު ތޮށިލުމާއި 2501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 24.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: