ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހަރަކާތް ފުޅާ ކުރަން މަސައްކަތް ކުރާތީ މުހައްމަދު އިސްމާއިލް ހައްޔަރަށް!

ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ދަށުން “އިންޑިއާ އައުޓް” ހަރަކާތަކީ ގާނޫނާއި ހިލާފު އަމަލެއްގެ ގޮތަށް ކަންޑަައެޅިފައިވަނިކޮށް، އެ ކެމްޕެއިން ހިނގާ ކުރިއެރުވުމަށް މަސައްކަތްކުރަށްވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފަިއެވެެ.

ސްޓަސިނަމާ ކައިރިން މުހައްމަދު ހައްޔަރުކޮށްފައިވާ އިރު، އެނާއާއި އެކު އިތުރު މީހެއްވެސް ފުލުހުން ހައްޔަރު ކުރި އެވެ. އެމީހާއަކީ ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް ކަމަށް މައުލޫމާތު ލިބެއެވެ. އިސްމާއިލް ހައްޔަރު ކުރެވިފައިވަނީ “އިންޑިއާ އައުޓް” ކެމްޕެއިނާއި ގުޅުވައި ކޯޓު އަމުރެއްގެ ދަށުންކަމަށް ފާހަގަކޮށްލެވެއެވެ.

އިސްމާއިލް ހައްޔަރު ކުރުމަށް ނެރިފައިވާ ކޯޓު އަމުރުގައި ވާގޮތުގެ މަތިން އެނާ ހައްޔަރުކުރެވިފައިވަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި “އިންޑިއާ އައުޓް” ލިޔުމުގައި އެނާ އިސްކޮށް މަސައްކަތްކުރަށްވާތީކަމަށެވެ. އަދި އެ އަމަލުތަކުގެ ސަބަބުން އަވައްޓެރި ގައުމުތަކާއި އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކޮށް ހީނަރުކަން އަންނެކަމަށް އެ ކޯޓު އަމުރުގައިވެއެވެ.

އިސްމާއިލް ހައްޔަރު ކުރެވުމާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީއާއި ގުޅުންހުރި އިސް ބޭފުޅުން ފާޑުވިދާޅުވަމުންދާކަމަށް ފާހަގަކޮށްލެވެއެވެ. އެގޮތުން ޕީއިންސީގެ ނައިބުރައިސް އިބްރާހިމް ޝުޖާއު ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ޕީޕީއެމްގެ އެކި މެމްބަރުން ހައްޔަރު ކުރަމުންދަނީ ގާނޫނާއި ހިލާފަށްކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީވެސް ގާނޫނު އަސާސީއާއި ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށްވުމުން އެ ގަރާރަށް އެއްވެސް މުއައްސަސާއަކުން އަަމަލު ކުރާކަށް ނުޖެހޭނެކަމަށްވެސް އެނާފަނީ ފާހަގަކުރަށްވާފައިއެވެ.

ޝުޖާއު މިހެންވިދާޅުވެފައިވާއިރު، ރާއްޖެއާއި އިންޑިއާއާއި އޮންނަ ގާތް ގުޅުމަށް ހިނާރުކަންއައިސްދާނެ ފަދަ އަމަލުތަކަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާތެރިކަން ހުރި ހަރަކާތްތަކެއްގެ ގޮތުގައި ކަނޑައަޅާ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ގަރާރެއްގައި ސޮއި ކޮށްނެރުއްވާފައިއެވެ. އަދި ގަރާރުގެ ދަށުން ދިވެހި ފުލުހުންގެ މުއައްސަސާއިންދަނީ “އިންޑިއާ އައުޓް” ކެމްޕެއިންގެ ދަށުން ހަރުކުރެވޭ ބެނާރތައް ނެގުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: