ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ފާސް ކުރީ ނަޝީދު އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް އިދާރާތަކަށް ދޭން!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ މޭއި މަހުގެ 06 ގައި އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތަހުގީގު އޮއްބާލުމުގައި ސަރުކާރަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ވާގިވެރިވެ އެހީވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުގެ މެސެޖުތައް ތަހުގީގަށް ހިއްސާ ކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީގެ މެމްބަރުންގެ އިއްތިފާފުން ނިންމައިފި އެވެ.

ޓެރަރިޒަމްގެ ހަމަލާގެ މައްސަލަ އޮއްބާލަން ސަރުކާރުގެ އެތެރެއިން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް، ރައީސް ނަޝީދު ވަނީ އަނދުން ހުސެއިންގެ އަތުގައި އެމަނިކުފާނުގެ ލޭ ހުންނާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. “ސަންގު” އަށް ވެސް ލިބިފައިވާ އެ މެސެޖުތަކުގައި ރައީސް ނަޝީދު އެފަދަ ތުހުމަތުތަކެއް ކުރައްވާ ސަބަބާއި މެދު ސުވާލު އުފައްދައި، ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކެވުމަށް އަނދުން ހުސެއިން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ކަން ހިނގަމުން ދާ ގޮތް ރަނގަޅަށް އެނގި ހުންނަވައި ދައްކަވާ ވާހަކައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިދާރީ ބޭފުޅުން ތިއްބަވާ ވަޓްއަޕް ގްރޫޕުގައި މި ވާހަކަތައް ދެކެވުނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ހަމަލާގެ ތަހުގީގު އޮއްބާލަން ބަޔަކު މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުތައްކޮށް ރައީސް ނަޝީދު އަނދުން ހުސެއިނަށް އަމާޒުކޮށް ވިދާޅުވީ އެކަމުގައި އެންމެ ބޮޑު އެހީއެއް ދޭ އެކަކީ އަނދުން ހުސެއިން ކަން މާތް ރަސްކަލާންގެ ގަންދީ ހުވާ ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަނދުން ހުސެއިންގެ އަތުގައި މިއަދު ހުރީ އެހުރީ އެމަނިކުފާނުގެ ލޭ ކަމަށެވެ. އަދި އެ ބަސް ތަކުރާރު ކުރެއްވި އެވެ. އަނދުން ހުސެއިން ވެސް ރައީސް ަނަޝީދަށް ރައްދުގައި ވިދާޅުވަމުން ގެންދެވީ މީހުންގެ ބޮލުގައި އެފަދަ ތުހުމަތުތައް އަޅުވަން ނުވާނެ ކަމަށެވެ. އެ ވާހަކައަށް ރައީސް ނަޝީދު ވިދާޅުވީ އަނިޔަވެރި ވުމުގައި ވެސް ހައްދެއް އޮންނާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ވަޓްއަޕް ގްރޫޕު ހޫނުވެ، ގިނަ އިރުތަކެއް ވަންދެން ރައީސް ނަޝީދާއި އަނދުން ހުސެއިން ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރެވުނެވެ.

މި މައްސަލައިގައި މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައި އަނދުން ހުސެއިން ވިދާޅުވީ، އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ތަހުގީގު ކުރަން ހުށަހެޅުމަށް މެސެޖުތަކުގެ ޗެޓް ލޮގު މަޖިލީހުގެ އިދާރާއިން ހުށަހެޅުމަށް އޭނާ އެދުނެވެ.

ކޮމިޓީގައި އިއްޔެ އާއި މިއަދު ކުރިޔަށް ދިޔަ ބައްދަލުވުމެއް ބޭއްވުމުން ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އަނދުން ހުސައިން އެދިވަޑައިގަންނަވާ ގޮތަށް އެ ޗެޓްލޮގް ފޯރުކޮށްދިނުމަށެވެ. ޝާހިދުގެ ހުށަހެޅުމަށް ތާއީދު ކުރީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރަސްމީ ގްރޫޕުތަކަށް ފޮނުވާ އެފަދަ މެސެޖުތައް ބަލަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ރާޝިދު ވިދާޅުވީ، މެސެޖުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ރާޝިދުގެ ވާހަކައިގައި ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ، މުހާތަބު ކުރުމުގައި ބޭނުން ކުރެއްވީ “މެސެޖު ފޮނުވި ބޭފުޅާ” ގެ ގޮތުގަ އެވެ. އަދި މެސެޖުތައް ފޯރުކޮށް ދިނުން އެއީ މައްސަލައަކަށް ވެގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އަނދުން ހުސެއިން އަދި އާއްމުތަނެއްގައި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: