ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ވަކިކުރަން ބޭނުންވާ ކޮތަޅު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ: މުއިއްޒު

މާލޭގެ މަގެއްގެ މައްޗަށް ގޭބިސީތަކުން ކުނިތައް ޖަމާކޮށްފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނިތައް ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ކޮތަޅުތައް ސަރުކާރުގެ ހަރަދުގައި ރައްޔިތުންނަށް ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައިފި އެވެ.

އެކި ބާވަތުގެ ކުނިތައް ވަކިކޮށް އުކާލަން ޖެހޭ ގޮތަށް ވެމްކޯއިން އައު އުސޫލެއް އާއްމުކޮށްފައި ވާއިރު، އޭގެ ދަށުން ތިން ބަޔަކަށް ކުނިތައް ބަހާލަން ޖެހެ އެވެ. ރާއްޖޭގައި ޕްލާސްޓިކު ބޭނުން ކުރުން އެއްކޮށް ހުއްޓާލުމުގެ އަމާޒު ހިފާފައި ވީ ނަމަވެސް ތިމާވެށީގެ ދާއިރާ ރައްކާތެރި ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ މި މައްސަލައިގައި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ރީ ސައިކަލް ކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް އަދި ކުނިތައް ވީހާވެސް ރައްކާތެރި ގޮތެއްގައި ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށް އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރާއިރު އެއީ ރަނގަޅަށް ޕްލޭން ކުރެވިފައިވާ އުސޫލަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެންމެ މުހިންމީ އެއީ އުފުލޭވަރުގެ ބުރައަކަށް ވުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސަމާނުތައް ނުވަތަ ކޮތަޅުތައް ސަރުކާރުގެ ހަރަދުގައި ފޯރުކޮށްދިނުމަށް މުއިއްޒު ގޮވާލި އެވެ.

ވެމްކޯއިން އާއްމު ކުރި އުސޫލުގެ ދަށުން ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ކުނި އުކާލަން ނެރޭއިރު ކުނިވާ ޒާތުގެ ކުުންޏާއި، ޕްލާސްޓިކް ފުޅި އެކުލެވޭ ކުނި އަދި އެހެނިހެން ކުނިތައް ވަކި ކުރަން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: