ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ގެ ނަސޭހަތް ރައީސަށް: މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދު -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ބަނގުރޫޓުވާނެކަމުގެ އިންޒާރު މާލީ އިދާރާތްތަކާއި ބެހޭ ބައިނަލްއަގުވާމީ އިދާރާތްތަކުން ދީފައިވާ މި ދަނޑިވަޅުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓެއް ކުރައްވާ ރައީސް ސާލިހް ގާތު އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައި ނުނަގާ ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާއި މެދު ވިސްނުމަށް އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާ އައްސަވާކަމަށް ވިދާޅުވެއެވެ. ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ އެމަނިކުފާނަށް ފެންނަގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށެވެ. އަދި މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާއިމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތުކަމަށެވެ.

މިގޮތަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ މިއަދު ރައީސް ސާލިހު ނުވަ މަސް ދުވަސް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ދިން ޖަވާބަކާއި ގުޅިގެންނެވެ. ރައީސް ސާލިހް 2023 ވަނަ އަހަރު ވެރިކަމަށް ވާދަ ކުރައްވާނީ އެކަނިތޯ ނުވަތަ ކޯލިޝަނާއިއެކުތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަނަކާއިއެކު ވާދަކުރައްވާނެކަމަށެވެ.

ގިނަ ބަޔަކު މިކަންތައް ސިފަކުރީ ރައީސް އަމިއްލައަށް އެމަނިކުފާނު އެކަނި ނިކުމެ ވެރިކަން ނުލިބޭނެކަމަށް ގަބޫލު ކުރެއްވީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: