ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހިއްކާ ފަޅަކުން މި މަސް ނިމުމުގެ ކުރިން ގޯތި ދޫކުރަނީ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަސް ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި 5000 ގޯތީގެ ތެރެއިން 3،000 ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފައި ވާނެކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައިގެންނެވެ. ނަމަވެސް ގިރާވަރު ފަޅަކީ މި އަދާއިހަމައަށް ހިއްކިފައި އަދި ހިއްކަން ފެށިފައިވާ ފަޅެއް ނޫނެވެ

ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން 3،000 ގޯތި ދޫކުރުމަށް އިއުލާން ކުރާނެ ކަމަށެވެ. އަދި އޭގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

“ލަސްތަކެއް ނުވެ އިއުލާން ކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ބިންވެރިކަން ހޯދައި ދިނުމުގެ މަޝްރޫއު އަމަލީ ގޮތުން ފެށިގެން ދާނެ،” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައި ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށާއި ގޯތި ވިއްކުމުގެ އެއްވެސް ވާހަކައެއް ހިމަނާފައިނުވާނެ ކަމަށް ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް ކުރިން ވަނީ އަންގައިފައިކަންވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ހުޅުމާލެ އިން ދާދިފަހުން ބޮޑު އަގުގައި ގޯތިތަކެއް ވިއްކިގެން ދިޔައެވެ. މިކަމަށް ސިޓީ ކައުންސިލުންނާއި އަދި އާއްމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: