ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އިތުރު ސްކޫލުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ނައިބު ރައީސް

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކިޔަވާކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، އިތުރު ސްކޫލުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި، ކިޔަވާ ކުދިންގެ ނިސްބަތާއި އެއްގޮތްވާ ގޮތުގެ މަތިން އިތުރު ސުކޫލުތަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ފާހަގަކުރައްވާ، ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތައް ވަނީ އެކި މަރުހަލާތަކުގައި ކަމަށެވެ.

ތަރައްގީ ކުރަމުންދާ ސުކޫލުތަކުގެ ތެރޭގައި، ދެޕްރީސްކޫލުވެސް ހިމެނޭކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އިރު، ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި، އަދި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއިއެކު މިއަދު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، މިސަރުކާރުން ތަޢުލީމީ ދާއިރާއިން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ފައިސަލް ދެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ކިޔަވައިދެވޭ މާޙައުލާއި ގޮތްތައް ބަދަލުކޮށް، މަތީފަންތީގެ ތަޢުލީމީ ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ދިޔުމާއި އެއްވަރަށް ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަލްޖެރީހޯލްޑިންގސް ގުރޫޕާއިއެކު ސަރުކާރުން ކުރާ މިމަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަމަށެެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިން ކިޔެވުމުގެ ކަންކަން އޮތް ގޮތް ފާހަގަކުރައްވައި، އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އިސްލާމީ އަޤީދާއަށް ބޯލަނބައިި، އިޙްތިރާމާއި ނަޒާޙަތްތެރިކަން އަދި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އަޅާލާ، އެހީތެރިވެ އުޅޭ މާހައުލެއް ދަރިވަރުންނަށް ޤާއިމްކޮށް ދިނުންކަމަށެވެ. އަދި ހުރިހާ ބާވަތެއްގެ ނުރައްކަލަކުން ދިވެހި ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ، އެންމެ ފުރިހަމަގޮތުގައި ކުދީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުންކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: