ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކިދާއިރާތަކުން ދިރާސާކުރުމަށް އެމްޑަބްލިޔުއެސްސީއާއި ވިލާ ކޮލެޖުން އެއްބަސްވެއްޖެ

ވިލާ ކޮލެޖްގެ ރެކްޓަރ އަހްމަދު އަންވަރާއި އެމްޑަބްލިއު އެސްސީގެ އެމްޑީ ހަސަން ޝާހް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ދާއިރާތަކުން ކުރަންޖެހޭ ދިރާސާތައް ވިލާ ކޮލެޖާއި އެމްޑަބްލިއުއެސްސީން ގުޅިގެން ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

އެ އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުންދިނުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީންތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އާއި ގުޅުންހުރި ދާއިރާތައް ދިރާސާކުރުމަށް ޝައުގުވެރިވެލައްވާ ދަރިވަރުންނަށް ވިލާ ކޮލެޖް މެދުވެރިކޮށް ފުޅާދާއިރާއެއްގައި ދިރާސާތައްކޮށް ހޭލުންތެރިކޮށް އެކަމުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދިނުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ އުންމީދަކީ މިފަހުމުނާމާގެ ސަބަބުން ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ ތަރައްޤީވެ، ރައްޔތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެން ދިއުން ކަމަށެވެ. ހަމައެއާއެކު، ޢިލްމީ ހޯދުންތައް ހޯދުމުގައި އައު ގޮތްތައް ތައާރަފް ވެގެންދިއުމަކީ އެކުންފުނީގެ އުންމީދެއް ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: