ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ތާއީދުކޮށް ޝާހު ޖޭޕީން ވަކިވެވަޑައިގެންފި

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ތާއީދުކޮށް  އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޝާހު ޖޭޕީ އިން ވަކިވުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުވި ސިޓީގައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް އޭނާ ތާއިދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ އެ ސަބަބާ ހުރެ ކަމަށާއި ރައީސް ސާލިހްގެ ދައުރުގައި ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ތަރައްގީ ކަމަށެެވެ.

އެމްޑަބްލިޔުއެސްސީ ގެ އެމްޑީކަމަށް ޝާހު އައްޔަން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އޭގެ ކުރިން ޝާހުވަނީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރުކަން ވެސް އަދާ ކުރައްވާފައެވެ.

ޝާހު ވަނީ ގާސިމް އާއި އެކުގައި މަސައްކަތް ކުރި ދުވަސްވަރު ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ޤާސިމް ވާދަކުރައްވާނެކަން އިއުލާން ކުރުމާއެކު ސަރުކާރުގެ މަގާމްތަކުގެ ތެރޭގައި ތިބި އެ ޕާޓީގެ މެމްބަރުން އިސްތިއުފާ ދެމުންދާކަން ފާހަގަ ކޮށްލެވެއެވެ، އެގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި ވަލީދާ ވަލީދު ވެސް ވަނީ ޖޭޕީން ވަކިވެފައެެވެ. އެ ހުރިހާ ބޭފުޅުންވެސް ޖޭޕީ ދޫކުރައްވާފައިވަނީ ރައީސް ސާލިހާއެކު ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: