ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ ހޯދަން ދުރާލައި ހުށައެޅުމަށް އިލްތިމާސް ކޮށްފި

ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ވަގުތު އޮއްވައި ވިސާ އަށް އެދި ހުށައެޅުމަށް ފޮރިން މިނިސްޓްރީއިން އިލްތިމާސް ކުރައްވައިފިއެވެ.

މި ފަހަކަށް އައިސް ވިސާއަށް އެދި ހުށައަޅާއިރު، ވިސާ ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި އެޕޮއިންޓްމެންޓް ތާރީހް އަވްސަކުުރުމަށް އެދެމުންދާކަން ފޮރިން މިނިސްޓްރީއިން އާންމުކޮށްފައިވާ  ބަޔާނުގައިވެއެވެ.

އެގޮތަށް އަމަލުކުރުމުގެ ސަބަބުން ފުރަން ހަމަޖެހިފައި އޮންނަ ތާރީހަށް ވިސާ ނުލިބުން ފަދަ ހާލަތްތައް ތަކުރާރު ވަމުންދާކަން ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ވިސާ ދޫކުރުމަކީ އެ ގައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުން ކުރިއަށްގެންދާ އަދި އެކަމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ގައުމަކަށް ލިބިފައިވާ ކަމެކެވެ.

މީގެތެރޭގައި ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށައަޅަން ޖެހުމާއި އަދި ބައެއް ހާލަތްތަކުގައި ބައޯ މެޓްރިކްސް  ނެގުމަށާއި އިންޓަރވިއުއަށް ވިސާ އަށް އެދޭ ފަރާތްތައް ހާޒިރުވާން ޖެހުން ވެސް ހިމެނެއެވެ.

އެހެންކަމުން އެކަށީގެންވާ ވަގުތު އޮއްވައި ވިސާ އަށް އެދި ހުށައެޅުމާއި ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮްއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓް ފޮނުވަންޖެހޭ ހާލަތްތަކުގައި ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓް ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ އެކަމަށް ސަމާލުވުމުކީ ވަރަށް މުހިއްމު ކަމެއްކަމުގައި އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން އަންނަނީ ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގައި އެގައުމެއްގެ މިޝަންއެެއް ގާއިމް ކުރެވިފައިނުވާ ގައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި އެހީތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: