ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ހުއްޓުވި ފަރާތްތަކުގެ މައްސަލަ ބެލުމަށް ވަޒީރުންގެ ކޮމިޓީއެއް އުފައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ޑޭ ހުއްޓުވުމަށްޓަކައި އާންމުގެ ބަޔަކު އެ ސަރަހައްދަށް ވަދެގަތް މައްސަލަ ބެލުމަށް ކުއްލިއަކަށް ވަޒީރުންގެ މަޖިލީހެއް އުފައްދައިފިކަން ހާމަވެއްޖެއެވެ.

މިއަދު ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާއި ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެ ހިންގި ޢަމަލުތައް ވަޒީރުންގެ މަޖިލީހުން ވަނީ ކުށްވެރިކޮށްފަ އެވެ.

މިކަން ކުށްވެރިކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށް ފަހު އެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މި ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާލައިފައެވެ.

މީގެ އިތުރުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ޢަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލައްވާފައިކަމަށް މައުލޫމާތުލިބެއެވެ.

މި ސަބްކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  1. 1- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު
    2- މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
    3- މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
    4- އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
    5- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
    6- މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
    7- މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް މިއެވެ.

ރާއްޖޭގެ ހުރިހާ ވަޒީރުން ހިމެނޭނެހެން އުފައްދާފައިވާ މި މަޖިލީހުގެ ވާހަކަ މީގެ ކުރީގައި އެއްވެސް ހާލަތެއްގައި އިވިފައެއްނެތެވެ. އެތައް މައްސަލައެއް ދާދި ފަހު ފެންމަތިވެފައިވާއިރުވެސް މިފަދަ ގޮތަކަށް ވަގުތުން ވަގުތައް ފިޔަވަޅު އަޅަން ގޮވާލައި ކުށްވެރިކޮށްފައެއް ނުވެއެވެ.

އޭގެ ތެރޭގައި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައަކީ ހޫނުވެގެން ދިޔަ މައްސަލައެކެވެ. ދިވެހި ސަރުކާރުން މިކަންތައް އެހެން މުސްލިމު ގައުމުތަކާއި އެއް ފެންވަރެއްގައި ކުށްވެރިކޮށްފައިނުވާތީ ގިނަ ބަޔަކު އައީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަން ދިވެހި ސަރުކާރުން ކުށްވެރިކުރުމަށް ހަފްތާއެއްހާ ދުވަސް ނަގާފައިވާއިރު ޔޯގާ ޑޭ ހުއްޓުވި މައްސަލަ ކުށްވެރިކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ މަދު ގަނޑިއިރުތަކެއްގެ ތެރޭގައި ޓްވީޓު ކުރައްވާ މި މައްސަލައިގައި ޝާމިލްވާ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެންނާނަންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: