ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް 299 މިލިއަން ރުފިޔާގެ ލޯނެއް، ރައީސް ވިދާޅުވީ އިތުރު ބޮޑު މަޝްރޫއެއް ނުފަށާނެކަމަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމަނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް 18.4 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފިއެވެ.

ލޯން ނަގާފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިންނެވެ. މިއީ ދިވެހި ރުފިޔާއިން ބަލާކަމުގައި ވަނީނަމަ 299 މިލިއަން ރުފިޔާއެވެ. މި ލޯނު ރާއްޖެއަށް ދޫކޮށްފައިވަނީ  މިދިޔަ އަހަރު އީއައިބީ އިން ތައާރަފްކުރި “ސައުތު އޭޝިއާ ޕަބްލިކް ހެލްތު ކެއާ ކޮވިޑް 19 ޕްރޮގްރާމު ލޯން” ގެ ދަށުންނެވެ.
ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އީއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އީއައިބީގެ ގްލޯބަލް ޕާޓްނާޒް ޑައިރެކްޓާ މާރިއާ ޝޯ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ލޯން ދައްކާ ހަލާސްކުރަންޖެހެނީ ދިގު މުއްދަތަކަށް ބަހާލައިގެންކަމަށެވެ. ނަމަވެސް ލޯން ދައްކާ ނިންމަންޖެހޭ މުއްދަތެއް އަދި އިންޓަރެސްޓްގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިލޯން ބޭނުންކުރެވޭނީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް، އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މިމަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ޒަމާނީކޮށް ލާމަރުކަޒީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖެ ދަރަނީގެ ސަބަބުން މާލީ ރިޒާވް ހުސްވެ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބަގުރޫޓޫވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ ކަންކަމާއި ބެހޭ އިދާރާތްތަކުން ދިނުމުން ސަރުކާރުން ފުރަތަމަ ބުނަމުން އައީ މިފަދަ ކަންބޮޑުވުމެއް ރާއްޖެއަށް ނެތްކަމަށެވެ. ނަމަވެސް ދާދި ފަހުން މާލީ ވަޒީރު އިބާރާހީމް އަމީރު ސޮއިކޮށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ކުންފުނިތަކަށާއި ސަރުކާރަށް ނިސްބަތްވާ ތަންތަނަށް ފޮނުވި އެއްގުމެއްގައި ވަނީ އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެ ބޮޑަށް ހަރަދުތައް އިތުރުވެފައިވާތީ ކޮންމެ ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި ބޭނުންވެއްޖެ ނަމަވެސް 5000 ރުފިޔާއިން މަތިވާ ހަރަދެއްނަމަ ފިނޭންސް މިނިސްޓްރީއަށް އެންގުމަށެވެ. އަދި ސަރުކާރުން ބަޖެޓު ކޯށްފައިޥާ ކަންތައްތައްވެސް މަޑު ޖައްސާލުމަށް ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ ޕްރޮމޯޝަންސްތައް ހިމެނެއެވެ.

މިފަދައިން ރާއްޖެ ބަގުރޫޓުވެދާނެކަމުގެ މަލަމަތި ދައްކަމުން އަންނާތީ ގިނަބަޔަކު އަންނަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް މަޑުޖައްސާލުމަށް އިރުޝާދު ދެމުންނެވެ. މީގެ ތެރޭގައި ސަރުޚާރު ހިންގާ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. މިފަދަ ކަންކަމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު 9 މަސް ދުވަހަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްރޫއުތައް މަޑުޖައްސާލައްވާނެތޯ ސުވާލުކުރުމުން ވިދާލުވީ މިޙާރު ކުރިއަށްދާ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށާއި ނަމަވެސް އިތުރު އައު ބޯޑު މަޝްރޫއުއެއް ނުފަށާާނެކަމަށެވެ.

އެހެނެއްކަމަކު ދެންވެސް ފެނިގެން ދިޔައީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށްޓަަކައި ބޮޑު އަދަދުން ލޯނު ނެންގެވި މަންޒަރެވެ. މި މަސް ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި 5000 ގޯތީގެ ތެރެއިން 3،000 ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާ، ގޯތި ދޫކުރުމަށް ވައުދުވީ ފަޅު ނުހިކި އޮތުމުން ފަޅު ހިއްކުމަށްޓަަކއި ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: