ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު އޮތީ އިންޑިއާ އަތް މަތީ: އަބްދުލްރަހީމް

ރައީސް ސޯލިހު، އިންޑިއާގެ ޕްރައިމް މިނިސްޓަރު މޯދީ، އަބްދުލްރަހީމް އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކެން އޮތީ، ގެއްލިގެން ގޮސްފައި އޮތް ބާރު އަލުން އަނބުރާ އަތަށް ގެންނެސް، އަޅުގަނޑުމެންގެ ގައުމު އަނބުރާ ހޯދުމަށް ފަހުކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިންޑީއާއިން ނިންމައިފި ނަމަ، ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއް ނުބާއްވާނެކަމަށެވެ. އެހެންކަމުން، ކުރައްވަން ޖެހިވަޑައިގެންފައިވާ މަސައްކަތަކީ، ގެއްލިފައިވާ ބާރުތަކެއް އަނބުރާ ހޮދުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދެއްކޭނީ، ދިވެހި ގައުމު އަނބޫރާ ދިވެހިންގެ އަތް މައްޗަށް ހޯދައިފައިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

“މިނިވަންކަމެއް މިއަދު ރާއްޖެއަކު ނެތް، އިންޑިއާ ސަފީރު ބުނާ ގޮތަކަށް ނޫން ގޮތަކަށް، ގައުމު ނުހިންގާ.” އަބްދުލްރަހީމް އަބްދުﷲ

2023ގެ ރިޔާސީ އިންތިހާބު ބާއްވަން ދިވެހި ރާއްޖެ މިނިވަން ނޫންކަމަށް ސިފަވާ މޭރުމަކުން، ވާހަކަދައްކަވާ، އެ އިންތިހާބުގެ ވާހަކަތައް އިދިކޮޅުން ދައްކަވާނީ، ދިވެހި ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިފައިކަމަށް ފާހަގަކުރައްވ،ާ އިތުރަށް ވާހަކަދައްކަވަމުން، އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންދާ ސަރުކާރަށް ދިވެހި ރައްޔިތުން މުހިންމު ނޫންކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަކީ، މިހާރުގެ ސަރުކާރަށް، އެއްވެސް މިންގަނޑެއްގެ އަގެއް ހުރި އެއްޗެއް ނޫންކަމަށް އިޝާރާތް ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، ކުރީގެ ރައީސް، އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް ނޫނީ، ދިވެހި ރާއްޖޭގެ ހާލަތާއި މެދު ބަހެއް ވިދާޅުވާ، ސިޔާސީ ލީޑަރަކު ނެތުމަކީ ހިތާމަހުރި ކަމެއްކަމަށެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން، ކުރިއަށް ގެންދިޔަ ޖަލްސާގައި، ގިނަ އަދަދެއްގެ މީހުން އެ ފަރާތާއި ގުޅިފައިވާކަމަށް އިޝާރާތް ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، ދިވެހިރާއްޖެ މިވަގުތު އޮތީ، ސޮޔެއް ކޮށްލުމުން ސަލާމަތް ކުރެވޭ ހާލަތަކުއެއް ނޫންކަމަށެވެ. އަދި ގައުމު އޮތީ އެއްވުރެން މާ ނުރައްކައުތެރި ހާލަތެއްގައި ކަމަށް ފާހަގަކުރައްވާ، އަބްދުލްރަހީމް ވިދާޅުވީ، އެހެންކަމުން ހަމައެކަނި ސޮއި ކޮށްލުމަކުން ފުދިގެން ނުދާކަމަށެވެ.

2023ގެ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދައްކަވާނީ، ގައުމު އަނބުރާ ހޯދައިފައިކަމަށާއި، އެ އިންތިހާބަކީ އިންޑިއާއިން ބޭނުންވެއްޖެ ހާލަތެއްގައި ނުބާއްވާނެކަމަށްވެސް، އަބްދުލްރަހީމް ފާހަގަކުރައްވާފައިވާއިރު، އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅުން ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތްތައް ހުއްޓުވުމަކަށް ގެނެވިގެންދާނެފަދަ، ބިލެއް އެޓާރނީ ޖެނަރަލްގެ އޮފީހުންވަނީ އެކުލަވާލައި، މަޖިލީހަށް ހުށައެޅުމަށް، ރައީސް އޮފީހަށް ފޮނުވާފައެވެެ. މި ބިލުގެ ދަށުން ގާނޫނުލްއުގޫބާތައް ގެނެވިގެންދާނެ ބަދަލުތަކަކީ، އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި ބަދަލު ގެނައުން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން، އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން، އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހި ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން ކަމަށް ވާއިރު، މި ބިލު ފާސްވެގެން ގޮސްފިނަމަ، އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ގޮވާލަމުންދާ ގޮވާލުން، ގާނޫނީ އިމުގެތެރެއިން ކުށެއް ކަމަށް ކަނޑައެޅިގެންދާނެކަމަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: