ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް އިތުރުވިޔަސް ފުރަބަންދުކުރުމުގެ ވިސްނުމެއް ނެތް: ހެލްތު މިނިސްޓަރު

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހޭ މީހުން އިތުރުވިޔަސް ދެން ރާއްޖެ ފުރަ ބަންދުކުރުމުގެ ވިސްނުމެއް ނެތްކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް އެގޮތަށް ވިދާާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ޖާބިރު އެއްސެވީ ކޮރޯނާ ވައިރަސް ފެތުރެމުންދާލެއް އިންތިހާއަށް އިތުރުވެފައިވާތީ އަލުން ފުރަބަންދުކުރަން ޖެހިދާނެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ކޮވިޑް ކޭސްތައް އިތުރުވި ނަމަވެސް ފުރަބަންދަކަށް ދިއުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ފުރަބަންދު ކުރުމަކީ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުރިހަމައަށް ހިނގަންޖެހޭނެ ކަމަށާއި އެހެންކަމުން އަޅުގަނޑުމެން ކޮރޯނާ ވައިރަސްއާއި އެކު އުޅެން ވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ. އަދި ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭ އިރު ވިސްނައިގެން އުޅުމަށާއި އަދި ނުދަންނަ ބައެއްގެ ތެރޭގައި އުޅޭއިރު މާސްކު އެޅުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: